Live 352,548 stories Updated NEW
Browse topics All stories

Latest stories

Live feed

ބިލީ ޖީން ކަޕްގެ ފައިނަލުން ޗެކިއާ ޖާގަހޯދައިފި

ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކަޕް އަންހެން ޓެނިސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޗެކިއާއިން ކަށަވަރު ކޮށްފިއެވެ. މިމުބާރާތުގެ ފައިނަލުން ޗެކިއާ ޖާގަޙޯދީ ސެމީ ފައިނަލްގައި ސްޕެއިން އާއި ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލްގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު ޗެކިއާއިން ކާމިޔާބު ކޮށް ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި ސެމީ ފައިނަލްގައި ޗެކިއާއަށް ކާމިޔާބު ހޯދައިދިނީ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ …

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއަކީ ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީގެން، ނުވަތަ ލޯނެއް ނަގައިގެން އަދި ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ އެކްސެޕްޝަނެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެތަނުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ."ނޭޝަން ޗެޓް" ގައި ހުކުރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދޭނެ ކަމަށާއި އެއީ ޤާނޫނުއަސާސީން ވެސް މަނާކުރ…

ސެއުތާގައި 13,000 އަށްވުރެ ގިނަ ރެފިއުޖީން ތާށިވެފަ

އުތުރު އެފްރިކާގެ އައްސޭރިފަށުގައި އޮންނަ ސެއުތާގައި ތާށިވެފައި ތިބި އެތައް ހާސް ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ނުލިބި، ސަލާމަތީ ބާރުތަކުން އަނިޔާކުރާ ކަމުގެ ތުހުމަތުތަކާއެކު އެ ސަރަޙައްދުގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެއެވެ. މޮރޮކޯއިން ކަނޑުމަގުން ސްޕެއިންގެ ސެއުތާއަށް އެތެރެވި ގާތްގަނޑަކަށް 70،000 ރެފިއުޖީންގެ ތެރެއިން، 13،000 އެއްހާ މީހުން އަދިވެސް އެ ސަރަޙައްދުގައި ތާށިވެފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. ސްޕެއިން ސަރުކާރުން ސެއުތާގައި ތިބި ކަމަށް ލަފާކުރަނީ 6،000 އާއި 10،000 އާ ދ…

ލުބުނާނަށް ހަމަލާ ދިނުމުގެ އައު މަރުހަލާއަކަށް ޔަހޫދީން ތައްޔާރު ވަނީ

ޔަހޫދީން ދެކެނު ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ އައު މަރުހަލާއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ލުބުނާންއާ ދެމެދު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އޮނިގަނޑެއް އެކުލަވާލައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފަށް ދެކުނު ލުބުނާނަށް ހަމަލާތައް ދެމުންނެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީން ‘ރީނދޫ ޒޯން’ގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގަ…

މެލޭޝިއާގެ އިންވެސްޓަރުންނަށް މަގުފަހިވާނެ ފަދަ މާހައުލެއް އުފައްދަން މަސައްކަތް ކުރަނީ

ރާއްޖެ އާއި މެލޭޝިއާގެ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ވަރުގަދަ ކުރުމަށް މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެއަށް އައިސް އިންވެސްޓްކުރުމަށް މަގުފަހިވާނެ ފަދަ މާހައުލެއް އުފައްދަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ. ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ޕްރޮގްރާމް ނޭޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ ކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަ…

20 އަހަރުގެ މާސްޓަރޕްލޭން ހިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމުގެގޮތުން، ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި މީގެ ކުރިން …

ފަލާހު ރައީސް ޔާމީނަށް: ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ!

ޤައުމުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެން މި ޤައުމުގެ ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.ފަލާހު މިހެން ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މުސްތަޤުބަލުން ކުރާ ވައްކަމެއް ކަމަށް ސިފަކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ޚަ…

އީގަލް ހިލްސްގެ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ: ރައީސް

ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއިން ރައްޔިތުންގެ އުއްމީދުތައް ވަރަށް ފުރިހަމައަށް ހާސިލުވެގެންދާނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ދަނީ އެނ…

އީގަލް ހިލްސްއާއެކު މި ސޮއިކުރެވުނު ޕްރޮޖެކްޓާއެކު އިގްސާދީ ގޮތުން ރާއްޖެ، ޖީޑީޕީ އެހެން ލެވެލްއަކަށް ގެންގޮސްދޭނެ: ރައީސް

25 Sep 2026, 22:57 އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރެވުނު މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެކަމަށާއި، ރާއްޖޭގެ ޖީޑީޕީ މަތިވެ، ރާއްޖޭގެ އިގްތިސާދާއި ރައްޔިތުންނަށް ލިބޭނީ ބޮޑުތަނުން ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް އެފަދައިން ވިދާޅުވިއިރު ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަ…

Loading fresh headlines…