މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ޔޫކްރެއިންގެ މަޝްވަރާތައް ފަސްކުރަންޖެހިދާނެ: ރަޝިއާ
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަޤްޞަދުގައި އެމެރިކާ، ރަޝިއާ އަދި ޔޫކްރެއިން ގުޅިގެން ބޭއްވުމަށް ރާވާފައިވާ މަޝްވަރާތައް، އަންނަ މަހު ނުބޭއްވި ލަސްވެދާނެ ކަމުގެ އިޝާރާތެއް ރަޝިއާއިން ދީފިއެވެ. ރަޝިއާގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޔޫރީ އުޝަކޯވް ވިދާޅުވީ، މަޝްވަރާތައް ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގައި މެދުއިރުމަތީގެ މިހާރުގެ މަސްރަޙަށާއި ހަނގުރާމައިގެ މައިދާނުގެ އެންމެ ފަހުގެ ޙާލަތަށް ރިޢާއަތްކުރަން ޖެހޭ ކަމަށެވެ. އަދި މެދުއިރުމަތީގައި ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މާ ކައިރ…