Live 357,998 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

2026 ވަނަ އަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަކަށް މިހާރު ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޒަރީރު މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. އެގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ހުރީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންދާޒާކުރި ވަރަށް ކުރިއަރާފައި ކަމަށެވެ. ނަމަވެސް މިއަހަރު ފުރަތަމަ ކުއާ…

ހައުސިން މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ!

ސަރުކާރުން ހިންގާ ހައުސިންގެ މަޝްރޫއުތަކަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ހިމަނައިފި އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ސަރުކާރުން އަބަދުވެސް އެންމެ މުހިންމު ކަމަށް ގާބޫލުކުރާ އެއް ސިޔާސަތަކީ އާންމުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާއީ ތަކުލީފުތަކަށް ހަރުދަނާ އަދި ދާއިމީ ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ. ދިވެހިންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަ…

މި އަހަރުގެ ވަރަ އެކްސްޕޯގެ ޓައިޓަލް އަދި ޕްލެޓިނަމް ސްޕޮންސަރަކަށް ސަން ސިޔާމް ރިޒޯޓްސް

29 Oct 2026, 14:37 މި އަހަރުގެ ވަރަ އެކްސްޕޯގެ ޓައިޓަލް އަދި ޕްލެޓިނަމް ސްޕޮންސަރަކަށް ވުމަށް ހޯމް މިނިސްޓްރީއާއެކު، ސަން ސިޔާމް ރިޒޯޓްސްއިން މިއަދު ސޮއިކޮށްފިއެވެ. އުމަރު ޒާހިރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި ސަން ސިޔާމް ގުރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޒުލޭޚާ މަނިކުއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނަޒީރު ވަނީ، ޒުވާނުން ބާރުވެރި ކުރުމަށް ބާއްވާ ވަރަ އެކްސްޕޯގައި ޕްލެޓިނަމް ޕާޓް…

ތިން ރަށެއްގެ އެފްއާރްސީއަށް ބޭނުންވާ ތަކެތި އިންޑިއާއިން ދެނީ

ތިން ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ތަކެތި އިންޑިއާއިން ފޯރުކޮށްދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެހީގެ ދަށުން މީގެ ކުރިން 42 ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ވަނީ ހަދިޔާ ކޮށްފައެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޖުމްލަ 45 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރާނެއެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ތިނ…

ސިއްހީ ދާއިރާ ކުރިއަރުވަން އަންނަ އަހަރަށް 10 ބިލިއަން ރުފިޔާގެ ބަޖެޓެއް

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރަން އަންނަ އަހަރަށް 10 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ގައުމުގެ މުސްތަގުބަލަށްޓަކައި ރަނގަޅު ސިއްހީ ހިދުމަތަކީ ބޭނުންތެރި ކަމެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް އިސްކަން ދިނުމުގެ ގޮތުން 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައ…

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު މަރުކަޒެއް ގާއިމުކުރަން އިންޑިއާއި އިނގިރޭސިވިލާތުގެ ދެ ކުންފުންޏަކަށް

29 Oct 2026, 15:24 ހުޅުމާލެ ހޮސްޕިޓަލުގައި "ޑައިގްނޯސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސަސް" ގާއިމުކުރުމަށް ޓަކައި ބޭރުގެ ދެ ކުންފުންޏަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އިން ސޮއިކޮށްފިއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ކުއަންޓަމް ހެއިޓްސް އާއި އިންޑިއާގެ ވަސްކިއުލާ ޓެކްނޮލޮޖީ ގުޅިގެންނެވެ. މި އެއްބަސްވުމުގައި އެމްސީޖީއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މި މަސައްކަތް ހަވާލުކު…

ބަޖެޓްގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ބިންގާ އެޅުން: ފިނޭންސް މިނިސްޓަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ބޭނުންވާ ސިޔާސަތުތަކަށް އަމަލުކުރަން ފަށައި، އެކަމުގެ ބިންގާ އެޅުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރަން އިސްކަންދީފައިވާނެ ކަމަށެ…

ރަސްމާލެ މަޝްރޫއަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: ރައީސް

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ މޯލްޑިވްްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމުން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސް މަޝްރޫއު ފަދަ ރިއަލް އެސްޓޭ…

ބަޖެޓުން ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި ތަރައްގީ ކަށަވަރުކޮށްދޭ: މަޖިލިސް ރައީސް

2027ގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ކަށަވަރުކޮށްދޭ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ބަޖެޓް ހުށަހެޅުމަށް ބޭއްވި ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތ…

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގޮވާލައްވައިފި އެވެ.ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝިފާޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ގޮތަށް ޑްރޯން ގަތުމަށް 34 މިލިއަން ޚަރަދުކުރީ ބަޖެޓުގައި ނެތް ފައިސާއިން ކަމަށެވެ. އަދި ރަސްމާލ…

އަމާޒަކީ، އާމްދަނީގެ ނިސްބަތުން ދަރަނީގެ އިންޓްރެސްޓަށް ހޭދަކުރާ މިންވަރު 12 އިންސައްތައަށްވުރެ މަތިނުކުރުން: ސަރުކާރު

29 Oct 2026, 15:27 ބޭރުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 އިންސައްތައިގައި ހިފެހެއްޓުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަމާޒު ހިފާފައި ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުން ޒަރީރު ވިދާޅުވީ އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި ކަމަށެވެ. އަދި 2028 ވަނަ…

އަލަށް ފަށާ އެސްއެމްއީ ވިޔަފާރިތަކަށް ހާއްސަ ފަންޑެއް

އަލަށް ފަށާ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ފަންޑެއް ޤާއިމްކުރުމަށް ނިންމައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާން އިއްވަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވޭ ބައެއް މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ޒުވާނުންނަކީ ވަޒީފާ އަދާކުރާ މީހުންގެ ބަދަލ…

Loading fresh headlines…