Live 201,814 stories Updated NEW
Showing: SUN
Browse topics SUN

SUN

Live feed

މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަނީ

25 Sep 2026, 22:12 ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި އަދި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އިއްޔެ 06:04 އެހައިކަންހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި އަދި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެ…

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ހުއްޓުވަން އެމެރިކާއިން އައު މަޝްވަރާތަކެއް ފަށަނީ

25 Sep 2026, 18:02 ހަތަރު އަހަރާއި ބައިވީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ ހުއްޓުވުމުގެ މަގުސަދުގައި، އެމެރިކާއިން އިސްނަގައިގެން ތިންފަރާތް އެކުލެވޭ އައު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ކީވް އާއި މޮސްކޯއިން އެއްބަސްވެއްޖެއެވެ. މި އަހަރުގެ ކުރީކޮޅު ފެށި މަޝްވަރާތައް މަޑުޖެހުމަށްފަހު އަލުން ފަށަން ނިންމާފައިވާއިރު، މި ބައްދަލުވުންތައް ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ. ޔޫކްރޭނުގެ ރައީސް ވޮލޯޑިމީރު ޒެލެންސްކީ ނޫސްވެރިންނަ…

އެކްސިޑެންޓްގައި މަރުވީ 9 މަސް ކުރިން އިމިގްރޭޝަނާ ގުޅުނު އޮފިސަރެއް

25 Sep 2026, 18:50 މާލޭގެ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު މަރުވެފައި ވަނީ، މީގެ ނުވަ މަސް ކުރިން މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއާ ގުޅުނު އެސިސްޓެންޓް އޮފިސަރު އައިޝަތު މާހިދާއެވެ. މި ޙާދިޘާގައި އަނިޔާވި އުމުރުން 26 އަހަރުގެ މާހިދާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. ފުލުހުންނަށް މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދ…

އދ. ގެ ސަލާމަތީ މަޖިލީހުން ވީޓޯގެ ބާރު އުވާލަންޖެހޭ, ސެކްރެޓަރީ ޖެނެރަލަކަށް އަންހެނަކު އައްޔަންކުރަން ވެއްޖެ: ރާއްޖެ

25 Sep 2026, 19:26 އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، އެ ޖަމިއްޔާގެ އެންމެ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އިސްކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ދިވެހިރާއްޖޭން ގޮވައިލައިފިއެވެ. އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފުގެ ތަޤުރީރުގައި ބައިނަލްއަޤްވާމީ ނިޒާމު އިޞްލާޙުކުރުމާއި ހަމަހަމަކަން ޤާއިމުކުރުމުގެ މައްޗަށް ބާރުއ…

'ލަވް އެންޑް ވޯ'ގެ ދެވަނަ ޕޯސްޓަރުގައި އާލިއާ

25 Sep 2026, 19:33 ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުއްމީދީ ފިލްމު 'ލަވް އެންޑް ވޯ'އިން ރަންބީރު ކަޕޫރުގެ ފެނިލުމަށްފަހު، ރެޓްރޯ ކެބަރޭ ނެށުންތެރިއެއްގެ ގޮތުގައި އާލިއާ ބަޓް ފެންނަ ފުރަތަމަ ފޮޓޯ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ފެނިލުމުގައި އާލިއާ ފެންނަނީ ރަތްކުލައިގެ ވިދާ ހެދުމަކާއި، ބޮލުގައި ހަރުކޮށްފައިވާ ފަތްތަކެއްގެ ސިފައަށް ހުރި އިސްތަށިގަނޑުގެ ގަހަނާއަކާއެކު، ވަރަށް ފުރިހަމަ ރެޓްރޯ ކެބަރޭ ނެށުންތެރިއެއްގެ ސިފައިގައެވެ. ކުރީގެ ޒަމާނީ ރީތިކަން ސިފަކޮށްދޭ މި ފެނ…

ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

25 Sep 2026, 19:58 ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ. ކަސްޓަމްސްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނެބިސްއެވެ. އަދި އޭގެ ޖުމް…

އީސީގެ ވެރިޔާ އިސްތިއުފާ ނުދެއްވައިފިނަމަ މުޅި އިންޑިއާގައި މުޒާހަރާކުރަން "ކޮކްރޯޗް" ޕާޓީން އިންޒާރު ދީފި

25 Sep 2026, 20:06 އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ޗީފް އިލެކްޝަން އޮފިސަރު ގްޔާނޭޝް ކުމާރު އިސްތިއުފާ ނުދެއްވައިފިނަމަ، މުޅި ގައުމަށް ފެތުރޭ ބޮޑު މުޒާހަރާއެއް ފަށާނެ ކަމަށް އެ ގައުމުގެ ޒުވާނުންގެ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިންޒާރުދީފިއެވެ. ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ހުކުރު ދުވަހު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ގްޔާނޭޝް ކުމާރު މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ އަންނަ މަހުގެ ދެވަނަ ދުވަހު މުމްބާއީގައި މުޒާހަރާތައް ފަށައި، އިންޑިއާގެ އެކި ރަށްތަކަށް އ…

ސުޕްރީމް ކޯޓު އަޅަން މާލެއިން ބިމެއް ހަމަޖެހިއްޖެ: އުއްތަމަ ފަނޑިޔާރު

25 Sep 2026, 20:57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޚާއްޞަ އަމިއްލަ އިމާރާތެއް ބިނާކުރުމަށްޓަކައި މާލޭގެ މުހިންމު ސަރަޙައްދަކުން ބިމެއް ހަމަޖެހިފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު އިއުލާންކުރައްވައިފިއެވެ. އުއްތަމަ ފަނޑިޔާރު މިކަން އިއުލާންކުރެއްވީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެދުނުތާ 18 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްވި ޚިޠާބުގައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ އައު އި…

ހަފުތާ ބަންދުގައި މޫސުން ގޯސް ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ: މެޓް

25 Sep 2026, 18:07 މި ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ބޮޑަށްކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން…

Loading fresh headlines…