Live 128,590 stories Updated NEW
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގަން އެއާޕޯޓުން އެތެރެކުރި ތިން ކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ވެސް ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ. ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި އެ ތަކެތި އެތެރެކުރީ މިމަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ޕަސިންޖަރުން ކަމަށްވާ އިންޑިއާއަށް ނިސްބަތްވާ ވިވެކް އަމްބަން އާއިޝަހްމިލް ޕަލި ޕަރަމްބަތެވެ. ކަސްޓަމްސްއިން ބުނީ އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ މީހުންގެ ލަގެޖު ބަލައިފާސް ކ…

ހޫތީން ސައޫދީއަށް ދޭ ހަމަލާތައް ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، ރަތް ކަނޑު އަދި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ކުރިމަތިކުރަމުންދާ ނުރައްކާތައް އދ. ގެ ސަލާމަތީ މަޖިލީހުން "ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފި އެވެ. ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ފްރާންސުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެރޯމް ބޮނަފޮންޓް ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، ސައުދީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް، …

ސަލާމަތީ މަޖިލީހުގައި ވީޓޯ އުވާލައި، ކުދި ގައުމުތަކަށް ގޮނޑި ދޭންޖެހޭ: ނައިބު ރައީސް

އދ.ގެ ސަލާމަތީ މަޖިލީހުގައި ބޮޑު ފަސް ގައުމަކަށް ދީފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، ކުދި ގައުމުތަކަށް ހާއްސަ ގޮނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ. އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ދުނިޔެ ބަދަލުވަމުން ދާއިރު އދ. ވެސް ބަދަލުވާންޖެހޭ ކަމަށާއި އަދި އިސްލާހީ ބަދަލުތަކުން، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް އދ. އިން ހާއްސަ ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށް އެމަނިކުފާނު…

ސުޕްރީމް ކޯޓު އަޅަން މާލޭން ބިމެއް ހަމަޖައްސައިފި

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި މިހާރު ހިނގަމުންދާ ސުޕްރީމް ކޯޓަށް ހާއްސަ އާ އިމާރާތެއް އެޅުމަށް މާލޭން ބިމެއް ހަމަޖައްސައިފި އެވެ. ސުޕްރީމް ކޯޓަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތާ ގިނަ އަހަރުތަކެއްވެފައި ވާއިރު، މީގެކުރިން އެކިފަހަރު މަތިން ސުޕްރީމް ކޯޓަށް ހާއްސަ އިމާރާތެއް އެޅުމަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެކަން ކާމިޔާބު ނުވެ، ސުޕްރީމް ކޯޓުން ހިނގަމުންދަނީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށްވ…

އދ.އަށް ރާއްޖޭގެ ސުވާލު: "އިޒްރޭލުގެ ގަތުލްއާންމު ހުއްޓުވަން ކުރީ ކޮންކަމެއް؟"

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލްއާންމު ހުއްޓުވަން ގައުމުތަކުންނާއި އދ. އިން ކުރީ ކޮން ކަމެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ. މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރު ކުރައްވަމުން ވިދާޅުވީ ސިޔާދަތީ މިނިވަންކަމުގެ ހައްގަކީ އެންމެންނަށް ވެސް ލިބެންޖެހޭ ހައްގެއް ކަމަށާއި އަދި ފަލަސްޠީނަށްވުރެ ބޮޑަށް އެ ހައްގު ނިގުޅައިގަނެވިފައިވާ ގައުމެއް ނ…

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެންމީހާ ނިޔާވެއްޖެ

މާލޭގައި ދެ ސައިކަލް ޖެހި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. އާއިލާއާ ހަވާލާދީ، ފުލުހުން ދެންމެ ބުނި ގޮތުގައި ސޯސަންމަގުގައި އާދިއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވެ، ނިޔާވ…

ބްރިޖު މަތިން ފުންމާލި ބިދޭސީމީހާ ހޮސްޕިޓަލްގައި އޮއްވައި ހައްޔަރުކޮށްފި

އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން ސިނަމާލެ ބްރިޖު މަތިން ފުންމާލި ބިދޭސީއަކު ފަރުވާ ހޯދުމަށް އެޑްމިޓް ކޮށްފައި އޮއްވައި، ހައްޔަރުކޮށްފި އެވެ. ބްރިޖު މަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތުގަ އެވެ. އެއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުންމާލި ކަމުގެ ރިޕޯޓާ އެކު އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް …

ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާގެ ޕްލެޓިނަމް ސްޕޮންސާއަކަށް ބީއެމްއެލް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ގާލާ ސެރެމަނީގެ ޕްލެޓިނަލް ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިހަ އަހަރަށް ފަހު ވޯލްޑް ޓްރެވަލް އެވޯޑްސް އަލުން ރާއްޖެއަށް އަންނައިރު، އެ ހަފުލާ ވާނީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައ…

ބަވަނަވިޔަސް ދިވެހި އިސްލާމީ ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުން

އައިޑެންޓިޓީއަކީ ޙަޟާރަތްތަކަށް އަންނަ ބަދަލުތަކުގެ ތޫފާނީ ރާޅުތަކުގެ ތެރޭގައި ސާބިތުކަން ދަމަހައްޓައިދޭ ބާރެކެވެ. ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ދިވެހިންގެ މިއަދުގެ އައިޑެންޓިޓީ އަކީ ޒަމާންތަކެއް ވަންދެން ސާފު އިސްލާމީ ޢަޤީދާ އާއި ރާއްޖޭގެ ޖަޒީރާ ވެއްޓާ އެކުވެގެން އުފެދިފައިވާ ތަހުޒީބީ ބިނާއެކެވެ. ތަފާތު ގަބޫލުކުރުންތަކެއްގެ މަތީގައި ވިހުރިފައި އޮތް ރަށްތަކެއް ތައުހީދުގެ ހިޔާދަށުގައި އެއްބައިވަންތަ އުންމަތަކަށް ބަދަލުކޮށް، އިސްލާމީ ޝަރީއަތުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ދިރިއުޅުން ބައްޓަނ…

Loading fresh headlines…