Live 11,993 stories Updated NEW
Showing: PSM
Browse topics PSM

PSM

Live feed

ސެއުތާގައި 13,000 އަށްވުރެ ގިނަ ރެފިއުޖީން ތާށިވެފަ

އުތުރު އެފްރިކާގެ އައްސޭރިފަށުގައި އޮންނަ ސެއުތާގައި ތާށިވެފައި ތިބި އެތައް ހާސް ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ނުލިބި، ސަލާމަތީ ބާރުތަކުން އަނިޔާކުރާ ކަމުގެ ތުހުމަތުތަކާއެކު އެ ސަރަޙައްދުގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެއެވެ. މޮރޮކޯއިން ކަނޑުމަގުން ސްޕެއިންގެ ސެއުތާއަށް އެތެރެވި ގާތްގަނޑަކަށް 70،000 ރެފިއުޖީންގެ ތެރެއިން، 13،000 އެއްހާ މީހުން އަދިވެސް އެ ސަރަޙައްދުގައި ތާށިވެފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. ސްޕެއިން ސަރުކާރުން ސެއުތާގައި ތިބި ކަމަށް ލަފާކުރަނީ 6،000 އާއި 10،000 އާ ދ…

ލުބުނާނަށް ހަމަލާ ދިނުމުގެ އައު މަރުހަލާއަކަށް ޔަހޫދީން ތައްޔާރު ވަނީ

ޔަހޫދީން ދެކެނު ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ އައު މަރުހަލާއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ލުބުނާންއާ ދެމެދު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އޮނިގަނޑެއް އެކުލަވާލައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފަށް ދެކުނު ލުބުނާނަށް ހަމަލާތައް ދެމުންނެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީން ‘ރީނދޫ ޒޯން’ގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގަ…

"އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން"

އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަމާޒު ހާސިލްކުރަނީ ދައުލަތުގެ ރިޒާވް ހަރުދަނާ ކޮށްގެން ކަމަށެވެ. ދައުލަތުގެ ރިޒާވް ދަށްވެ، އަސާސީ މުދާތައް އެތެރެކުރުމަށް ބޭނުންވާ މިންވަރަށްވެސް ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އަސާސީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ މިންވަރަށް ރިޒާވް ދަމަހައްޓަމުންދާ ކަ…

ސުޕްރީމް ކޯޓުގެ އައު އިމާރާތް ތަރައްޤީކުރުމަށް މާލެއިން ބިމެއް

ސްޕްރީމް ކޯޓު ހިންގާނެ އިމާރާތެއް އެޅުމަށް މި މަހުގެ ތެރޭގައި ސަރުކާރުން މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖައްސައިދީފިއެވެ. ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ އެހެން ކޯޓުތަކެކޭ އެއްފަދައިން ސުޕްރީމް ކޯޓަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އުއްތަމަ ފަނޑީޔާގެ ވާހަކަފުޅުގައި ވަނީ ކޯޓުތަކެއް ހުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުން…

ޔޫކްރެއިން-ރަޝިއާ ސުލްހައިގެ މަޝްވަރާތައް ޔޫއޭއީގައި ބާއްވަން ހުށަހަޅައިފި

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލްޙަ ޤާއިމުކުރުމަށްޓަކައި، އެމެރިކާއާއި ރަޝިއާ އަދި ޔޫކްރެއިން ބައިވެރިވާ ޚާއްޞަ ބައްދަލުވުމެއް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅައިފިއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފަންނީ ފެންވަރުގެ ތިންފަރާތުގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ. މިއީ 2022 ވަނަ އަހަރުގެ ފެބ…

ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މި ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގ…

އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި އަންހެން މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސޯސަން މަގުގައި ހިނގި މި ނުރައްކާތެރި އެކްސިޓެންޑުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ށ. ފޯކައިދޫ މަގުމަތީގެ އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާއެވެ. އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. ސޯޝަލް މީޑ…

އޯއައިސީގެ ރިޔާސަތުގައި ތުރުކީވިލާތުން އިސްކުރީ ޣައްޒާގެ މައްސަލަ

އެމެރިކާގެ ނިއުޔޯކްގައި ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ އަހަރީ ކޯޑިނޭޝަން ބައްދަލުވުމުގެ ރިޔާސަތު ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކަން ފީދާން ބަލަހައްޓަވައިފިއެވެ. ތުރުކީވިލާތުގެ ޚާރިޖީ މަޞްދަރުތަކުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ، އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ރިޔާސަތު ތުރުކީވިލާތުން ބަލަހައްޓާފައިވަނީ، އެ ޤައުމަކީ މިހާރު އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ…

ޗައިނާއާއި ރާއްޖޭގެ ތަރިކަ ދައްކުވައިދޭ އެގްޒިބިޝަންތަކެއް އަންނަ އަހަރު ބާއްވަނީ

ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށާއި، މި ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޗައިނާގެ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ …

Loading fresh headlines…