ވިއެޓްނާމުގެ ވެރިރަށް ހަނޯއީގެ ތޮއްޖެހިފައިވާ މީހުންދިރިއުޅޭ ސަރަހައްދެއްގައި ހިނގި ގޮވުމެއްގައި މަދުވެގެން 6 މީހުން މަރުވެ، އިތުރު 10 މީހުންނަށް ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުންނާއި ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
އޮންލައިން ނޫސް ވީއެންއެކްސްޕްރެސްއިން ރިޕޯޓުކުރިގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ހެނދުނު 8ޖެހި އިރު، ޑޮންގްޑާ މަގުގައި ހުންނަ ކާއެއްޗެހި ވިއްކާ ފިހާރައެއްގައެވެ. އަދި މިހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތައްލިބި، ކައިރީގައިހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާކަމަށްވެސް ރިޕޯޓުކޮއްފައިވެއެވެ.
ވިއެޓްނާމުގެ އާންމު ރައްކާތެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި ޕްރިލިމިނަރީ ހޯދުންތަކުން ދައްކާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކައްކާ ގޭހުގެ ސަބަބުންނެވެ. އަދި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، މި ހާދިސާގައި އަނިޔާވި ފަރާތްތަކުންވަނީ ފަރުވާދިނުމަށް ހަސްފަތާލަށް ގެންގޮސްފައެވެ.
ހަނޯއީގައި އިމާރާތެއްގައި ބޮޑު ގޮވުމެއް، 6 މަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed