Live 6,005 stories Updated 25 mins ago
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ކ. އާރަށަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ހޯދަން އެދުނު މައުލޫމާތު ހާމަކޮށްފިނަމަ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ހިފެހެއްޓުމަށްފަހު، އެންމެ ފަހުން އެއީ އެ އިދާރާގައި ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފި އެވެ.ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް، މި އަހަރުގެ މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވާފައިވޭތޯ އާއި، އެ ދަތުރުތަކަށް ދައުލަތުގެ ބ…

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނަނީ ހިކަނދީގެ ވިސްނުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ވާހަކަފުޅު ދައްކަވަނީ ދެ އިރު ދެ ގޮތަށް ކަމަށެވެ. ފުރަތަމަ ދައްކަވާ ވާހަކަފުޅާއި އޭގެ ފަހުން ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށާއި ރަސްމާލެ ތަރައްގ…

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

ކޭމްބްރިޖް އިންޓަރނޭޝަނަލް ޖެނެރަލް ސެޓްފިކެޓް އޮފް ސެކަންޑަރީ އެޑިއުކޭޝަން (އައިޖީސީއެސްއީ) އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި އެވެ. އައިޖީސީއެސްއީ އިމްތިހާނުން މުޅި ސްރީލަންކާއިން އެއްވަނަ ހޯދާފައި ވަނީ އައިޝަތު ޒާރާ އިކްރާމް އެވެ. އެގޮތުން އޭނާ ތައުލީމު ހާސިލްކޮށްފައި ވަނީ "ދަ ބްރިޓިޝް ސްކޫލް އިން ކޮލަމްބޯ" ގަ އެވެ.ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޫން 2026 ގައި އައިޖީސީއެސްއީ އިމްތިހާނުން ޒާރާ ވަނީ 8 މާއްދާއިން އޭ ސްޓަރ ހޯދާފަ އެވެ.(އައިޖީސީއެސ…

މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ

މިހާރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ އެންމެ ފުރަތަަމަ އެމްޑީޕީ ފެށިގެން އައިއިރު އޮތް އެމްޑީޕީ މިހާރު ނެތް ކަމަށެވެ. އެގޮތުން ޕާޓީތަކުން މީހުން ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވައްދާ މައްސަލައަށް އަލިއަޅުއްވާލައްވާ ބޮންޑާ ވިދ…

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ އެވެ. މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވާ އޯޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން، މި އޯޑިއާތަކަކީ ސައްހަ އޯޑިއޯތަކެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުވެފަ އެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ކުއްޔަށް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަށެވެ. އަދި އިންވެސްޓަރުން …

ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި

ކޮރަޕްޝަން ތަހުގީގު ކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮރަޕްޝަން އިންވެސްޓިގޭޝަން ދާއިރާއަށް ޚާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓ…

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

ރާސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީގެން ކުރިއަށްގެންދާ މަޝްރޫއަކީ، މިގައުމުގައި އޮތް ސައްތައިން ސައްތަ މުސްލިމު ވަންތަކަމާއި އިސްލާމީ ވަހުދަތު ފޮހެލުމަށްޓަކައި ދުރާލާ ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ."ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް 900 އަހަރަށްވުރެ ދިގުވީ އިސްލާމީ ދައުލަތް ބަދަލުކުރުމަށްޓަކައި ދުނިޔޭގެ ޒަޔ…

ވޭމަންޑޫގެ އައު ހޮސްޕިޓަލް ވެގެންދާނީ މުޅި ސަރަހައްދަށް ވެސް އިތުބާރުހުރި އިމާރާތަކަށް: ކުވެއިތު ފަންޑު

ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަހައްދަށް ވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު އިމާރާތަކަށް ކަމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވެއްޖެ އެވެ.އަލްބަދަރް މިހެން ވިދާޅުވީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު ވެވުނު 3 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކ…

ކުރީ ސަރުކާރުގައި 85 ޕަސެންޓް ނިންމި ދޮންފަނު ފެނާއި ނަރުދަމާ ނުނިމި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

ބ. ދޮންފަނުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، މުޅި މަޝްރޫއު އެއްކޮށް ނިންމައި ޚިދުމަތް ނުދެވި ދިގުލައިގެންދާ ދިއުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ން ބުނެފި އެވެ.ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވަނީ އެރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.ސަހުމީނާ ވިދާޅުވީ،…

Loading fresh headlines…