Live 4,855 stories Updated NEW
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ސިފައިންގެ 74ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި

ސިފައިންގެ 74ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ސެޕްޓެންބަރު 24ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކޮމާންޑިންގ އޮ…

ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިއަދު ނިޔާވެއްޖެއެވެ. ނިޔާވި އަންހެން މީހާގެ އާއިލާއާއި ހަވާލާދީ ފުލުހުންގެ ބުނީ މި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވެ ނިޔާވީ، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އާއިޝަތު މާހިދާ އެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގ…

ވާރލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ސްޓައިލިންގ ޕާޓްނަރަކަށް "ރޯގް ބައި ނަޖޫ" ހަމަޖައްސައިފި

ވަރލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ތައްޔާރީތައް ކުރިއަށްދާއިރު، މި އިވެންޓުގެ އޮފިޝަލް ސްޓައިލިންގ ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ރޯގް ބައި ނަޖޫ" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ވީއެމްއެސީން ބުނީ މި އެއްބަސްވުމުގެ ދަށުން، އިވެންޓުގެ އެމްސީ އަދި އަޝަރުންގެ ވޯޑްރޯބް ސްޓައިލިންގ ރޯގް ބައި ނަޖޫ އިން ފޯރުކޮށްދޭނެ ކަމަށާއި، އޮފިޝަލް ސްޓައިލިންގ ޕާޓްނަރުގެ ގޮތުގައި އެ ފަރާތުގެ ބްރޭންޑް އިޝްތިހާރުވެ، ފުޅާ …

ޔާމީން އުޅެނީ މިގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން: ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓަކާއި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އެއްބަސްވ…

ބްރިޖު މަތިން ފުންމާލި މީހާ ހައްޔަރުކޮށްފި

ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން އެމްއެންޑީއެފުން ސަލާމަތްކުރި ބިދޭސީ މީހާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ހައްޔަރުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބުރިޖުމަތިން ފުންމާލީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނިފައި ވަނީ ބްރިޖ…

މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފ…

ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ފާމަސިސްޓުން ކޮބައިތޯ؟

ސިއްހީ ހިދުމަތްތެރިންގެ ތެރެއިން، ފާމަސިސްޓުން ކޮބައިތޯއެވެ؟ މިއަދަކީ، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށްވީ އިރު މިއީ ސިއްހީ ދާއިރާގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ފާމަސިސްޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުނިޔޭގެ ފާމަސިސްޓުންގެ ދުވަހެވެ. ނަމަވެސް، ރާއްޖޭގައި ޑޮކްޓަރުންގެ ދުވަހާއި ނަރުހުންގެ ދުވަހަށް ދެވޭ ފަދަ ސަމާލުކަމެއް މި ދުވަހަށް ލިބިގެންދަނީ ވަރަށް މަދުންނެވެ. ޑޮކްޓަރުންނާއި ނަރުހުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކުރަން ޖެހޭއިރު، ސިއްހީ ފަރުވާގެ ކަންކަން ނިމ…

ފެލިވަރު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިމުމަކާއި ގާތަށް

ޅ. ފެލިވަރު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިމުމަކާއި ގާތަށް އައިސްފިއެވެ. މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ތާޒާކަންމަތީ މަސް ރައްކާކުރެވޭނެ އެކަށީގެންވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ބެހެއްޓުމުގެ މަސައްކަތް ފެލިވަރުގައި ކުރަމުންނެވެ. ފެލިވަރުގައި މިހާރު ގާއިމުކޮށްފައި ހުރި 750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ އެ ރަށުގެ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެ …

ކުނި އަންދައިގެން ހަކަތަ އުފައްދާ ޕްލާންޓް 2028 ގެ ނިޔަލަށް ނިމޭނެ

ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް 2028ގެ ނިޔަލަށް ނިންމައި ބޭނުން ކުރަން ފެށޭނެކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުރުތަޟާ ވިދާޅުވީ އަތޮޅުތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އެފަދަ މަޝްރޫޢެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ތިލަފުށިނ…

Loading fresh headlines…