މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ މާދަމާ 00:00 އިން ފެށިގެން ހުކުރު ދުވަހު ހެނދުނު 06:00 ގެ ނިޔަލަށް، މާލެ، ހުޅުލެ، ހުޅުމާލެ އަދި ތިލަފުށީގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ.

މި ތަމްރީނުތައް ކުރިއަށްދާ ވަގުތު، ޔުނީފޯމުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި، ބުރާސްފަތި ދުވަހުގެ 18:00 އިން 19:00 އަށް، ހުޅުމާލޭ ދެވަނަ ފިހަވަހީގެ ފަރުކޮޅުފުށީގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ބްލޭންކް ވަޒަނުގެ އިތުރުން ބަޑިބޭސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެއެވެ.

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އާދީއްތަ އަދި ހޯމަ ދެ ދުވަހު ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.