ތިން ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ތަކެތި އިންޑިއާއިން ފޯރުކޮށްދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިންޑިއާގެ އެހީގެ ދަށުން މީގެ ކުރިން 42 ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ވަނީ ހަދިޔާ ކޮށްފައެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޖުމްލަ 45 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރާނެއެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ތިން ރަށަކީ ޅ. ނައިފަރު، ކ. ގުރައިދޫ އަދި ކ. ގުޅިއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން މި ތިން ރަށުގެ ފިޓްނަސް ސެންޓަރުތަކަށް، ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޓީވީ، ޕްލޭސްޓޭޝަންސް، ޓޭބަލް ޓެނިސް ޓޭބަލްސް އަދި ފިޓްނަސް އިކުއިޕްމަންޓް ހަދިޔާ ކުރާނެއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މިއަހަރުގެ ފަހުކޮޅު 2500 ކިލޯގެ ކްރިކެޓް އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ކުޅިވަރާއި ފިޓްނަސް ސެންޓަރުތަކަށް ލިބޭ އެހީތެރިކަމާއެކު، އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.
ރާފިއު ވަނީ ރާއްޖޭގެ ކުޅިވަރާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރުދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މީގެ ގިނަ އެއްބަސްވުންތަކެއް ހެދި ރާއްޖޭގެ ކުޅިވަރަށް އިންޑިއާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރާފިއު ވިދާޅުވިއެވެ.
ތިން ރަށެއްގެ އެފްއާރްސީއަށް ބޭނުންވާ ތަކެތި އިންޑިއާއިން ދެނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed