ތުޅާދޫގައި މައްސަލަ ބޮޑުވި ހައުސިން ޔުނިޓުތަކަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ. ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. އެހެންވެ، ހިޔާވެހި ޕޯޓަލަށް ލޮގިންވެގެން، އެ މީހަކަށް ލިބިފައިވާ ޕޮއިންޓް ބެލޭނެގޮތް ހަމަޖައްސާފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެެ. މިނިސްޓްރީން ބުނި ގޮތުގައި ލިބ…