2026 ވަނަ އަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަކަށް މިހާރު ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު ޒަރީރު މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. އެގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ހުރީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންދާޒާކުރި ވަރަށް ކުރިއަރާފައި ކަމަށެވެ. ނަމަވެސް މިއަހަރު ފުރަތަމަ ކުއާޓަރ ނިމިނުއިރު ބޮޑު ހަނގުރާމައެއް ފަށާފައިވުމުން މުޅި ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް ލޮޅުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ވައިގެ ދަތުރުފަތުރުގެ އަގު އުފުލި އެެއާލައިންތަކުން ދަތުރުކުރި ދަތުރުކުރުން މަދުކުރި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. އަދި މީގެ ސީދާ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

އެގޮތުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގެ ޓްރާންސިޕްޓް ކުރާ ހަބްތަކަށް ބުރުއަރާ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ނޭދެވޭ އަސަރުތަކެއް ކުރި، އެހެންކަމުން މަރޗް މަހާއި އެޕްރީލް މަހު ރާއްޖެެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 23 އިންސައްތަ ދަށަށް ގޮސްފައި. އަދި މިއަހަރު އޮކްޓޫބަރު މަހު 27 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 3.7 އިންސައްތަ ދަށްވެފައި
ހަސަން ޒަރީރު 

2026 ވަނަ އަހަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް މިހާރު ނުބެލެވުނުކަމުގައިވީ ނަމަވެސް 2025 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދާއި ގާތްކުރާ އަދަދަކަށް މިއަހަރު ނިމޭއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

މިނިސްޓަރު ޒަރީރު ވަނީ މިފަދަ އަސަރުތައް އިގްތިސާދަށް ކުރި ނަމަވެސް އިގްތިސާދީ ވިލުންތެރިކަން ވަރަށް ވަރުގަދަ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވި ނަމަވެސް މިއަހަރަށް އަންދާޒާ ކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ވަންނާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، މިނިސްޓަރު ޒަރީރު ވަނީ މި ދަނޑިވަޅުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހަރަދުތައް ބޮޑުވުން ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑިވި ކަމަށް ވިދާޅުވެފަ އެވެ.