އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި 5 ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޑި މިނޯ ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ ލިއާނަރ ޓިއެން އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ޑި މިނޯ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ.
މިމުބާރާގެ ކުއާޓަރ ފައިނަލުން ވަނީ ފަރަންސޭސިވިލާތުގެ އެޑްރިއަން މަނަރީނޯވެސް ޖާގަހޯދާފައެވެ. އޭނާ މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި މިމުބާރާތުގައި 8 ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ޔާކޫބް މެންސިކް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން މަނަރީނޯ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކުރީ ހަތެއް ފަހަކުންނެވެ.
މީގެއިތުރުން މިމުބާރާތުގެ ދެވަނަ ބުރުން ވަނީ 3 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފައެވެ. މިމުބާރާތުގެ ދެވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދީ ފުރަތަމަ ބުރުގައި ސްޕެއިންގެ ޑަނިއެލް މެރީޑާ އަގުއެލާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އަލްމާޓީ އޯޕަން ދާދިފަހުން ކާމިޔާބު ކޮށްފައިވާ މެޑްވެޑޭވްއަށް މިމެޗުގެ ފެށުން އެހާ ރަނގަޅަށް ނުދިޔަ ނަމަވެސް ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ މެޑްވެޑޭވްއެވެ. އަދި ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ. މިމުބާރާތުގެ ދެވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީ އާއެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުގައި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި 6 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށް މުސޭޓީވެސްވަނީ ދެވަނަބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް އަށެއް ހަޔަކުން މުސޭޓީ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހަކުން ނެވެ.
ވިއޭނާ އޯޕަންގެ ކުއާޓާއިން ޑި މިނޯ ޖާގަ ހޯފައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed