Live 358,006 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ފްލައިދުބާއީގެ ޕައިލެޓަށާއި ފަޅުވެރިންނަށް ޔޫއޭއީގެ ރައީސް ޒާޔިދު ޝަރަފު އަރުވައިފި

29 Oct 2026, 12:28 ފްލައިދުބާއީގެ ޕައިލެޓަކަށާއި ފަޅުވެރިންތަކަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިހް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާން "ފަސްޓް ކްލާސް އޯޑާ އޮފް ޒާޔިދު 2"ގެ ޝަރަފު އަރުވައިފިއެވެ. އެމިރޭޓްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލަށް ދަތުރުކުރި މަތިންދާބޯޓެއްގައި ދިމާވި ކުއްލި ހާލަތެއްގައި ފަސިންޖަރުން ސަލާމަތްކޮށް، ބޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެއްކި ހިތްވަރާއި ގާބިލުކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި މި ޝަރަފު ހަވާލުކޮށްދެއ…

ތެލުގެ އަގު މަތިވެ ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލޭނެކަމުގެ އިންޒާރު

އީރާނު ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަތިންދާބޯޓުތަކަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާއިރު، މުސްތަޤްބަލުގައި ތެޔޮ ގަންނާނެ ވަކި އަގެއް ކަނޑައަޅައި ހިފެހެއްޓުމަށް ހަދާ "ހެޖިންގ" އެއްބަސްވުންތައް އައުކުރުމަށް ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ފަސްޖެހެން ފަށައިފިއެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގައި ހަރަ…

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް އުފައްދަން ރައީސް ނިންމަވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އުވާލައި އައު ބޯޑެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.މިއީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރާއްޖޭގައި ހުރި ހުރިހާ ތަނަވަސް ފެންވަރުގެ ހޮސްޕިޓަލްތައް އެއް ނިޒާމެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމެވި މުހިންމު ބަދަލެއްކަމަށް ސަރުކާރުން ބުނެ އެވެ. މިކަމާ ގުޅޭގޮތުން ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި މިހާރު ހުރި ހޮސްޕިޓަލްތައް އެއް ގުރޫޕަކަށް ހަދާފައި އޮތް އޮތުން …

ޒަޔަނިޒަމާ ފާޅުގައި ދެކޮޅު، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގައި ނުތިބެވޭނެ

ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގުފަހިކުރާ މަޝްރޫއެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދ…

ހުޅުމާލެ 1 ގައި ރެޑްވޭވްގެ އިތުރު ފިހާރައެއް

ހުޅުމާލެ 1 ގައި ރެޑްވޭވްގެ އާ ފިހާރައެއް ހުޅުވައިފި އެވެ. މި ފިހާރަ ހުޅުވީ ރީތި ގަސް މަގުގައި ހުންނަ، ރީތި ގަސް ރެޒިޑެންސް އާރް2 ގަ އެވެ. ރެޑްވޭވްގެ ގިނަ ފިހާރަތައް ހުންނަ ގޮތަށް މި ތަން ވެސް ހުޅުވާފައިވަނީ ޒަރޫރީ ބޭނުންތަކުން ފެށިގެން، ގެއަށް ބޭނުންވާ ކުދި އިލެކްޓްރޯނިކްސް އެޕްލަޔަންސް އާއި ގޭގައި ގެންގުޅޭ ސާމާނު ވެސް ލިބޭ ގޮތަށެވެ. ރެޑްވޭވްއިން ހުޅުމާލޭގައި ހުޅުވި ފިހާރައިގެ އެތެރެ. އާ ފިހާރަ ހުޅުވީ، ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަަށް ފަސޭހައިން ހެޔޮ އަގ…

އައިހަމް ޤައުމީ ޓީމާ ގުޅިއްޖެ

ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން އިންޑޮނީޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް ފުރިއިރު ޓީމާއެކު ނުދެވުނު އަޙްމަދު އައިހަމް އިންޑޮނީޝިއާއަށް ގޮސް ޓީމާ ގުޅިއްޖެއެވެ. އޮޑި ސްޕޯޓްސް ކުލަބަށް ކުޅެމުންދާ އައިހަމް އަށް، ޤައުމީ ޓީމުން މިމަހުގެ 26ވަނަ ދުވަހު އިންޑޮނީޝިއާއަށް ފުރިއިރު ޓީމާއެކު ދަތުރު ނުކުރެވުނީ އަންހެނުން ވިހަން ތައްޔާރުވެފައި ހުރުމުން އަންހެންނުން ކައިރީ މަޑުކުރަންށެވެ. “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން އައިހަމް ބުނީ، އަނބިމީހާ އާއި ދަރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މި ކޭ…

ސިޓީން ޕެނަލްޓީ ޕްރެކްޓިސް ނުކުރޭ، މައްސަލައެއް ވެސް ނުޖެހޭ

މި ސީޒަނުގައި މެންޗެސްޓާ ސިޓީން އެއްވެސް ވަރަކަށް ޕެނަލްޓީ ޖަހަން ފަރިތަކުރުންތައް ކުރިއަށް ނުގެންދާކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ. އެކަމަކު އޭގެ އަސަރެއް އެ ޓީމަކަށް ނުކުރި އެވެ. އިނގިރޭސި ލީގު ކަޕް ހަތަރުވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ސިތީން ކާމިޔާބު ހޯދީ ޕެނަލްޓީޝޫޓްއައުޓްގައި 4-3 ން މޮޅުވެގެންނެވެ. އެ ޓީމުގެ ދެވަނަ ކީޕަރު އާޖެންޓީނާގެ ހެރޮނިމޯ ރުލީ، ވަނީ ބްރައިޓަންގެ ޔާސީން އަޔާރީ އާއި ލުއިސް ޑަންކް ޖެހި ޕެނަލްޓީތައް ދިފާއުކޮށްފަ އެވެ. ސިޓީގެ މަޓޭއޯ ކޮވަސިޗް، ޖެހި ޕެ…

ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ

ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ކޮމިއުނިޓީ ނާސިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ސިއްހީ ޚިދުމަތަކީ ހަމައެކަނި ހޮސްޕިޓަލުތަކުގެ ހަތަރު ފާރުތެރޭގައި ދެވޭނެ ހިދުމަތެއް ނޫން ކަމަށާއި ބަލިމީހުންނަށް ޒިޔާރަތްކޮށްގެން ދޭން ޖެހޭ ހިދުމަތްތައް އިތުރުވަމުން އަންނައިރު ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން ނަރުހުން ރައްޔިތުންނާއި ގާތުން އަދާކުރަނީ …

ބޭނުންވަނީ ކައްކަން އެނގޭ ފިރިއެއް: ސައީ ޕައްލަވީ

ކައިވެނިކުރާނީ އަމިއްލަ އެދުމުން ފޯވެފައި ނުވާ އަދި ކައްކަން އެނގޭ މީހަކާ ކަމަށް އިންޑިއާގެ ޒުވާން އެކްޓްރެސް ސައީ ޕައްލަވީ ބުނެފި އެވެ. ސައީ އެހެން ބުނީ ސޮނީ ޓީވީން ގެނެސްދޭ އަމީތާބް ބައްޗަން ހޯސްޓްކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ" (ކޭބީސީ 18) ގެ އެޕިސޯޑެއްގައި ބައިވެރިވެ، އަމީތާބް ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އެ އެޕިސޯޑުގައި ސައީ ބައިވެރިވީ އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު "ރަމާޔާނާ: ޕާޓް 1" ގެ ކޯ-ސްޓާރު ކަމަށްވާ ރަންބީރު ކަޕޫރު އަދި ރަވީ ދުބޭއާ އެކުގަ އެވެ. އަމީތާބް ކުރި ސުވާލަށް ޖ…

އަލް-ޚަލީލް ބަންދުކޮށް ޔަހޫދީން ހިންގާ ރޭޑުތަކަށް ނިމުމެއް ނެތް

އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލް-ޚަލީލް ޔަހޫދީ އިސްރާއީލު ސިފައިން ބަންދުކޮށް، ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހަ ދުވަސްވީއިރު، އެ ރަށުގެ ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވަމުންދާ ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނުގައި އަލް-ފައްވާރު ރެފިއުޖީ ކޭމްޕުގެ ގެތައް ބަލައިފާސްކުރިއިރު، ޠޫލްކަރްމުން ނޫސްވެރިއަކާއި އޭނާގެ ދެ ކޮއްކޮ އަދި ޖާސޫސީ އޮފިސަރަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ފަލަސްޠީނުގެ ނޫސްތަކުން ރ…

އިސްރާއީލުގެ އިންތިޚާބުގެ ނަތީޖާއާއެކު ނަތަންޔާހޫއަށް ވެރިކަން ދެމެހެއްޓޭނެތަ؟

29 Oct 2026, 10:35 އާންމު އިންތިޚާބެއްގައި އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް ފަސޭހަކަމާއެކު ސަރުކާރެއް އެކުލަވާލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އިސްރާއީލްގެ ސިޔާސީ ނިޒާމުގައި ކަން ހިނގަނީ އެހެންނެއް ނޫނެވެ. އެ ގައުމުގައި 1999 ވަނަ އަހަރުގެ ފަހުން ވޯޓުލުމަށް އެންމެ ގިނަ މީހުން ނުކުތް އަދި 77 އިންސައްތައަށް ވުރެ މަތީ އަދަދަކަށް މީހުން ވޯޓުލީ މި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، 120 ގޮނޑި ހިމެނޭ ކްނެސެޓްގައި ސަރުކާރެއް އެކުލަވާލުމަށް …

ކުރީގެ އަންހެނުންނާ މެދު ފަހުރުވެރިވޭ: ރިތިކް

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އޭނާގެ ކުރީގެ އަނބިމީހާ ސުޒާން ޚާންގެ އުފަންދުވަހުގެ މުނާސަބަތުގައި އަސަރުގަދަ މެސެޖެއް ހިއްސާކޮށް، ސުޒާންގެ ހަޔާތުގައި ކުރިމަތިލި ދަތި އުނދަގޫތަކާއި ގޮންޖެހުންތަކުން އަރައިގަތް ގޮތާ މެދު ފަޚުރުވެރިވާ ކަމަށް ބުނެފި އެވެ. ރިތިކް ވަނީ ސުޒާންއަކީ އެމީހުންގެ ދެ ފިރިހެން ދަރިންނަށް ލިބުނު އެންމެ ފުރިހަމަ މަންމަ ކަމަށް ބުނެ ތައުރީފު ވެސް ކޮށްފަ އެވެ. ރިތިކް އޭނާގެ އިންސްޓަގްރާމްގައި ސުޒާން އާއި އެމީހުންގެ ދެ ފިރިހެން ދަރިން ކަމަށްވާ ރެހާން އަދި ރިދާންއާ އެކު ނަގާފައިވާ ފޮ…

Loading fresh headlines…