Live 358,006 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި އެންމެ ނިކަމެތި ގައުމުތައް ނުރައްކަލަށް

ހަނގުރާމަތަކާއި މޫސުމީ ނުރައްކާތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަރލްޑް ބޭންކުން ދީފިއެވެ. އެ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން 2026 ވަނަ އަހަރު ނިމޭއިރު މުދަލުގެ އަގުތައް %23 އަށް އުފުލޭނެއެވެ. އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ އެންމެ މަތީ މިންވަރަށް އަރާފައެވެ. އަދި، ހުރ…

އީގަލް ހިލްސްގެ މަޝްރޫއުން ދިވެހީންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ނުގެއްލޭނެ، ޝަރުތު ހަމަވާ އެންމެންނަށް ލިބޭނެ: ރައީސް

29 Oct 2026, 10:45 ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއަށް ބިން ދީގެން ހިންގާ މަޝްރޫއުގެ ސަބަބުން ދިވެހީންނަށް ބޯހިޔާވަހިކަމުގެ ފުރުސަތެއް ނުގެއްލޭނެ ކަމަށާއި، ގޯއްޗަށް ޝަރުތު ހަމަވާ އެންމަނަށް ރަސްމާލޭން ޖާގަ ލިބޭނެ ވަރުގެ ބިން އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ނޭޝަން ޗެޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާއެކު ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ހަންޏެއް ނުވާނެ ކަމަށެވެ. "ގޯތި ހޯދަން ކުރިމ…

ހަނގުރާމަ ހުއްޓުވަން އެކަށީގެންވާ ހުށަހެޅުމެއް ނުލިބޭ: އީރާން

އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ 28 ގައި ފެށި އަށް މަހަށް ދެމިގެން ގޮސްފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް ޤަޠަރުން ހުށަހެޅި އައު ޞުލްޙައިގެ ދެލިކޮޕީއަކީ "ބަލައިނުގަނެވޭ ޚިޔާލުތަކެއް" ކަމުގައި އީރާނުން ބުނެފިއެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރަށާއި ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވި މި ހަނގުރާމަ ނިންމުމަށް ޤަޠަރާއި ޕާކިސްތާނުން އިސްނަގައިގެން އެކުލަވާލި ރޭވުމަކީ، އެކި ޤައުމުތަކުން ޔަގީންކަންދޭ ގޮތަށް ހަތް ދުވަހުގެ ތެރޭގައި އިތުބާރު ބިނާކުރުމަށް ދެ ފަރާތުން ފިޔަވަޅުތައް އެ…

ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އިއްޔެ އައްޔަންކުރައްވައިފި އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވަނީ، ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިއަކަށް މޫސާ އަލީ ޖަލީލް ހަމަޖެއްސެވިކަން "މިހާރު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ވައިސް ވަހީދެވެ. އެކަމަކު، މޫސާ އަލީ ޖަލީލް އައްޔަންކުރެއްވީ ވައިސ…

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަލަފުން ތާއީދުކޮށްފި

ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 8 ޝަރުތެއް ކަނޑައެޅުމަށްފަހު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔަތުއްސަލަފުން ތާއީދުކޮށްފި އެވެ.ބުރާސްފަތި ދުވަހު އެ ޖަމިއްޔާއިން ނެރެފައިވާ އިލްތިމާސްގައި، ރަސްމާލެ މަޝްރޫއާއި އަދި މިފަދަ ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ ކަމަށް 8 ކަމެއް ވަނީ ބަޔާންކޮށްފަ އެވެ. ސަލަފުން މިފަދަ އިލްތިމާސެއް ސަރުކާރަށް ކޮށް…

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބް ޕްލަސް ތައާރަފްކޮށްފި

ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް "އެލީޓް ކްލަބް ޕްލަސް" ތައާރަފްކޮށްފި އެވެ. ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ބަދަލު އިއުލާނުކޮށް އެ ކުންފުނީގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ބަދަލަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކަކާއި މަންފާތަކެއް ހޯދޭނެ ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. "މިއީ ދިރާގުގެ މޯބައިލް ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ގ…

ކެންސަރު ބަލި ދެނެގަންނަން ހާއްސަ ސެންޓަރެއް ހަދަން ބޭރު ދެ ކުންފުންޏަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކެންސަރު ބަލި ދެނެގަތުމާއި އެކަމަށް ހާއްސަ ފަރުވާދޭ ސެންޓަރެއް ހެދުމުގެ އެމްއޯޔޫއެއްގައި ބޭރުގެ ދެ ކުންފުންޏަކާ އެކު އިއްޔެ ސޮއިކޮށްފި އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކެންސަރުގެ ފަރުވާތަކަށް ހާއްސަ ޑައިގްނޯސްޓިކް ސެންޓަރު ހެދުމުގެ ފަހުމުނާމާގައި ހުޅުމާލެ ހޮސްޕިޓަލާއި ޔޫކޭގެ ކުއާންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ ވެން ވެސްކިއުލާ ޓެކްނޮލޮޖީ ކުންފުންޏާއެކު ވަނީ އެއްބަސްވެފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސެންޓަރު ހަދަން ނިންމާފައިވަނީ ހުޅުމާލެ 2 ގައި ގާއި…

ޗެމްޕިއަން ބަޔާން ޑީއެފްބީ ޕޮކާލްގެ ތިންވަނަ ބުރަށް

ޖަރމަން ޑީ.އެފް.ބީ. ޕޮކާލް ނުވަތަ ލީގު ކަޕްގެ ތިންވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ބަޔަން ޖާގަހޯދީ ދެވަނަ ބުރުގައި ދެވަނަ ޑިވިޜަނަށް ނިސްބަތްވާ މަގްޑެބަރގް އާއި ބައްދަލުކުރި މެޗު 6 ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ބަޔާންގެ ތަރިއަކަށް ވެގެންދިޔައީ ފަރަންސޭސި ފޯވަޑް މައިކަލް އޮލީސޭއެވެ. މިގޮތުން އޭނާވަނީ މިމެޗުގައި 2 ލަނޑު ކާމިޔާބު ކޮށް އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ބަޔާންގެ އަލިއާންޒް…

ފިހާރައެއްގެ ސްކްރީނުން ބަރަހަނާ ފޮޓޯއެއް ފެންނަ ގޮތަށް ހުރި މައްސަލަ ބަލަނީ

ހުޅުމާލޭ 2 ގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް ސްކްރީނުގައި، ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:23 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި ރިޕޯޓް ލިބުމާ އެކު ފިހާރައިގެ ވެރިފަރާތް ހޯދައި އެލްއީޑީ ނިއްވާލި ކަމަށާއި އެފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. ވިނަރެސް ޓަވަރެއްގައި ހުރި އެ ފިހާރައިގެ ސް…

ޗެމްޕިއަން ސިޓީ ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލަށް

ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބައްދަލުކުރި މެޗު 2 ލަނޑު 2 ލަނޑުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 3 ލަނޑުންނެވެ. އިންތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ…

ޕާކިސްތާނުގެ 'ދާރޭ ނިޖާތު'ގެ ލީޑް ކެރެކްޓަ: ޚިޔާލީ އުފެއްދުމެއްތަ؟ ނޫނީ ނަމޫނާ ފިރިއެއްގެ ޙަގީގީ މިސާލުތަ؟

29 Oct 2026, 09:32 ޕާކިސްތާނުގެ ޓީވީ ސްކްރީންތަކަށް ފަހަކަށް އައިސް ގެނެސްދޭ ޑްރާމާތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ "ދާރޭ ނިޖާތު"އިން ފެންނަ ބަޠަލު އަބޫބަކުރުގެ ކެރެކްޓަރަކީ ޙަގީގަތަކަށް ވާން މާ ފުރިހަމަ ޝަޚްޞިއްޔަތެއް ކަމަށް ބެލުންތެރިން ފާހަގަކުރެއެވެ. އިންސާނީ ތަބީޢަތާ ނުބައްދަލު މި ފުރިހަމަކަމާ ހުރެ، މިއީ ހަމައެކަނި ޚިޔާލީ ތަޞައްވުރެއްގައި އުފަންވެފައިވާ "އޭއައި" ނުވަތަ ރޮބޮޓިކް ކެރެކްޓަރެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރާއިރު، އޭނާގެ މިޒާޖުގައި ހުރި މަޑުމައިތިރިކަމާއި ޙިކު…

ތަރައްގީ ގެނައުމުގައި 8 ކަމެއް ކަށަވަރުކުރަން ސަލަފުން ގޮވާލައިފި

އިގްތިސާދީ ތަރައްގީއަކީ ގައުމުގެ އަސާސްތަކާއި މަސްލަހަތުތައް ގުރުބާންކޮށްގެން ހޯދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި ޔުނައިޓެޑް އަރަބް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުގައި ވެސް އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް އަށް ކަމެއް ހުށަހަޅައިފި އެވެ. "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ މެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް، އެ މަޝްރޫއާ ގުޅޭ މަ…

Loading fresh headlines…