ފިހާރައެއްގެ ސްކްރީނުން ބަރަހަނާ ފޮޓޯއެއް ފެންނަ ގޮތަށް ހުރި މައްސަލަ ބަލަނީ
ހުޅުމާލޭ 2 ގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް ސްކްރީނުގައި، ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:23 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި ރިޕޯޓް ލިބުމާ އެކު ފިހާރައިގެ ވެރިފަރާތް ހޯދައި އެލްއީޑީ ނިއްވާލި ކަމަށާއި އެފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. ވިނަރެސް ޓަވަރެއްގައި ހުރި އެ ފިހާރައިގެ ސް…