Live 358,010 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ލިވަޕޫލް އަތުން ބަލިވެ ޗެލްސީ ކަރަބާއޮ ކަޕުން ކަޓައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިވަޕޫލްއިން ހޯދައިފިއެވެ. ލިވަޕޫލްއިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭ ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. މި މެޗުގައި ފ…

ވިނަރެސް ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

29 Oct 2026, 09:27 ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި ވަނީ، ދަންވަރުގެ ވަގުތެއްގައި ވިނަރެސްގެ ޓަވަރެއްގެ ބޭރުގައި ހުރި ސްކްރީނަކުން އަންހެނެއްގެ ބަރަހަނާ މަންޒަރު ދެއްކި ކަމަށް ބުނާ ޕޯސްޓެއް ދައުރުވެފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ދަންވަރު 03:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން، ވިނަރެސް ތިނެއްގައި ހު…

ޤައުމީ ބޮޑީބޯޑިން މުބާރާތް އަންނަ މަހު 10ގައި

ޤައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް، "ބަނޑުފިލާ ޗެލެންޖް 2026" އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ނިންމައިފިއެވެ. ބަނޑުފިލާ ޗެލެންޖަކީ ބޮޑީބޯޑިންގެ ގައުމީ މުބާރާތެވެ. މިއީ ބޮޑީބޯޑިންގެ އެންމެ ޝަރަފުވެރި މުބާރާތްވެސްމެއެވެ. ގައުމީ މުބާރާތާއެކު، މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ރޭންކިން ކަށަވަރުވެގެންދާނެއެވެ. މި މުބާރާތަކީ ބޮޑީބޯޑިން ލީގުގައި އެންމެ މަތިން ސްކޯ ހޯދޭނެ މުބާރާތެވެ. އެގޮތުން މި މުބާރާތުން 2000 ޕޮއިންޓް ރޭންކިންގައި ހޯދުމުގެ ފުރުސަތު ލ…

މޫން ފްލާވަރ 24

29 Oct 2026, 09:28 އެއާއެކު އެމީހާ ހިނިތުންވެލިއެވެ. "މިހާ ގިނަ އަހަރުތަކަކަށްފަހު އަނެއްކާވެސް ފެނުމުން ވަރަށް އުފާވެއްޖެ...." މިލްހާ ދެލޯ ބޮޑުކޮށްލިއެވެ. "ކީކޭ؟" އެ އަންހެންމީހާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވި ނަމަވެސް، އަވަހަށް ހަމައަކަށް އަޅުވާލިއެވެ. "ޔާ ﷲ. އަހަރެން އެންމެ ފަހުން ދުށްއިރު ތިއީ ކުޑަކުއްޖެއް. އަހަރެން ހަނދާންއެބަހުރި ހާދަ ވައްތަރޭ........." އެއާއެކު އެ އަންހެންމީހާ ގެ ޖުމްލަ މެދުކެނޑުނެވެ. މިލްހާގެ އަތުގައި މަޑުމަޑުން އަތްތިލަ ޖައްސާލައިގެން ހުރި ނަސްރީންވެސް ހުއްޓުނެވެ. އެ އ…

ވެނޭޒިއާގެ މައްޗަށް އިންޓަރ ކުރި ހޯދައިފި

އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ވެނޭޒިއާ ބައްދަލުކުރި މެޗު އިންޓަރ ކާމިޔާބުކޮށް މިސީޒަންގައި ބަލިނުވެ 9 މެޗު ހަމަކޮށްފިއެވެ. ވެނޭޒިއާގެ ސްޓާޑިއޯ ޕިއަރ ލުއިޖީ ޕެންޒޯގައި ކުޅުނު މިމެޗުގެ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އިންޓަރ އިން އުފެއްދި ނަމަވެސް ވެނޭޒިއާ ފެނިގެންދިޔައީ ވަރަށް ނުރައްކާކޮށެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފްގައި ވެނޭޒިއާއިން ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވ…

ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލޭން ބޯހިޔާވަހިކަން ލިބޭނެ: ރައީސް

ރަސްމާލޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ހޯދަން އެދެން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވިއިރު 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗ…

އަޅުގަނޑަށް ވުރެ ޒައިނިޒަމްއާ ދެކޮޅު ވެރިއަކު މިހާތަނަކަށް ނާދޭ: ރައީސް

ޒައިނިޒަމްއާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަން ކެރުނު ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ"އަކީ ޒައިނިސްޓުންނަށް ރާއްޖޭން ފުރުސަތު ދޭން ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑްގެ ވާހަކަ ދައްކ…

ސައުދީ ކޯލިޝަނުން ހޫތީންގެ މިސައިލެއް ހުއްޓުވައިފި، ހަމަލާ އަމާޒުކުރީ އިރުމަތީ ސަރަހައްދަށް

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައޫދީ އިސްވެ އޮންނަ ކޯލިޝަން ފޯހުން ބުރާސްފަތި ދުވަހު ހުއްޓުވައި، ވައިގެ ތެރޭގައި ގޮއްވާލައިފި އެވެ. މި ހަމަލާއަކީ ފަހަކަށް އައިސް ސައުދީއަށް އަމާޒުވަމުންދާ ވަރުގަދަ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ދިން ހަމަލާއެކެވެ. "ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް، ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ހަލާކުކޮށްލާފައި،" ކޯލިޝަންގެ …

އައިޔޫއެމްގެ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕް ދީފި

އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުން މަތީ ތައުލީމުގެ ސްކޮލަޝިޕެއް ހަމަޖައްސައިފި އެވެ. މި ސްކޮލަޝިޕް ހަވާލުކޮށްފައިވަނީ އައިޔޫއެމްގެ ދަރިވަރު މުހައްމަދު ޝާން އަހުމަދަށެވެ. މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަމަން އަހުމަދު ފާރިސް މައުމޫން ހަވާލުކޮށްދެއްވި ސްކޮލަޝިޕްގެ ދަށުން ޝާން ފުރިހަމަކުރާނީ އެ ޔުނިވާސިޓީގެ "މާސްޓަ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން" ކޯހެވެ. މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި މި ސްކޮލަޝިޕަށް ދަރިވަރު ހޮވުމު…

ހަނގުރާމަ ހުއްޓާލައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން މެދުވެރިންނާ އެކު މަޝްވަރާ އެބަ ކުރަން: އީރާން

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހަޅާފައިވާ ހަތް ދުވަހުގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި މެދުވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. އަރާގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ސިފައިން ގައުމު ދިފާއު ކުރުމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބި ނަމަވެސް، ޑިޕްލޮމަސީއަށް ފުރުސަތު ދިނުމަށް އީރާނުން އަދިވެސް ބޭނުންވާ ކަމަށެވެ. އަދި ހަތް ދުވަހުގެ ޕްލޭން އެއަށް…

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވިކަން ހާމަކުރައްވައި، މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ސިއްޙީ ދާއިރާ ތަ…

އީގަލް ހިލްސް އެއްބަސްވުން ހާމަކުރަން ގޮވާލަމުން ދަނިކޮށް ރައީސް: "މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާނަން"

28 Oct 2026, 23:35 އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓުގެ އެއްބަސްވުން ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނިކޮށް، އެ މަޝްރޫގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި އެ މަޝްރޫއާ ގުޅޭ ގޮތުން (ރިއަލް އެސްޓޭޓް ޓޫރިޒަމް) ޚާއްސަ ބިލެއް މަޖިލީހަށް ފޮނުވާނެ…

Loading fresh headlines…