Live 358,018 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

އަލްވަރޭޒް ހޯދަން ބާސާއިން އުސޫލުތައް މުގުރާލި، އަދަބަކީ ކުޑަ ޖޫރިމަނާއެއް!

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ގެންދަން ވާދަވެރި ބާސެލޯނާއި ކުރި މަސައްކަތުގައި އުސޫލުތައް މުގުރާލިކަން ސާބިތުވެއްޖެ އެވެ. ބާސާއިން ސްޓައިކަރަކު ހޯދަން ކުރި މަސައްކަތުގައި އެ ކްލަބުން ގެންދަން އެންމެ ބޭނުންވި ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީއަށް ވެސް ކުރިން ކުޅުނު އަލްވަރޭޒެވެ. އޭނާ ވެސް ބާސާއަށް ބަދަލުވާން ބޭނުންވި އެވެ. އެކަމަކު އޭނާ ދޫކޮށްލަން އެތުލެޓިކޯއިން ދެކޮޅު ހެދި އެވެ. ބާސާއިން އުސޫލުތައް މުގުރާލީ އެތުލެޓިކޯގެ ކޮންޓްރެކްޓްގަ…

ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވާގޮތަށް އޮތް ސިޔާސަތު މިހާރު ވަނީ ވަޅުލައި ނިންމާފައި: ރައީސް

ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި ގައުމަކަށް ބާރޯސާވާ ގޮތަށް އޮތް ސިޔާސަތު ނިމުމަކަށް ގެނެސް މިހާރު އެކަން ވަޅުލާފައިވާ ނިންމާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި، 2008 ވަނަ އަހަރުން ފެށިގެން އައި ހުރިހާ ސަރުކާރުތަކުން ވެސް ވަކި ގައުމަކަށް ބަރޯސާވުމުގެ ސަބަބުން ޖިއޯ ޕޮލިޓިކްސްއަށް ހީނަރުކަން ލިބޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮ…

އުމްރާވެރިންނާއެކު ޖިއްދާއަށް ދާން އޮތް މޯލްޑިވިއަންގެ ފްލައިޓް ސަލާމަތީ ސަބަބުތަކަށްޓަކައި ކެންސަލްކޮށްފި

އުމްރާއަށް މީހުން ގެންދިއުމަށް މޯލްޑިވިއަނުން ރާއްޖެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މާދަމާ ކުރަން ހަމަޖެއްސި ދަތުރު މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަސްކޮށްފި އެވެ. އެ ދަތުރު ކުރަން ކުރިން ނިންމާފައި އޮތީ މާދަމާ އެވެ. މޯލްޑިވިއަންއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ…

ތުލުސްދޫ ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، 2 މީހަކަށް އަނިޔާވިއިރު އެކަކުގެ ފައި ބިންދައިގެން ދިޔަ

28 Oct 2026, 21:30 ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން މިރޭ ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 7:55 ހާއިރު ކަމަށެވެ. އަދި ދެ މީހަކަށް ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވ…

ހުރިހާ ބާރެއް އިޒްރޭލުގެ އަރަބި ޕާޓީތަކަށް، އެކަމަކު ސަރުކާރުގައި ބައިވެރިވާން ބޭނުމެއް ނުވޭ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، އެ ގައުމުގެ އިދިކޮޅު އިއްތިހާދުން އުފައްދާ ސަރުކާރަކަށް ބޭރުން ތާއީދުކުރަން ތައްޔާރަށް އޮތް ނަމަވެސް، ސަރުކާރުގެ ކޯލިޝަނެއްގައި ރަސްމީކޮށް ބައިވެރިނުވާނެ ކަމަށް އިޒްރޭލުގެ ވާތުފިޔައިގެ އަރަބި ޕާޓީތައް ހިމެނޭ "ޖޮއިންޓް ލިސްޓް" ގެ ލީޑަރު ޔޫސުފް ޖަބާރީން ވިދާޅުވެއްޖެ އެވެ. ފްރާންސް ޕްރެސް އެޖެންސީ (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ޖަބާރީން ވިދާޅުވީ، އިޒްރޭލުން ޣައްޒާގައި ހަނގުރާމަކުރާތީ އާއި ހުޅަނގު އައްސޭރީ…

ރާއްޖޭގެ ކަނޑުފަޅުގެ އެއް ޕަސެންޓު ވެސް އަދި ހިމާޔަތެއް ނުކުރެވޭ: ދިރާސާ

28 Oct 2026, 21:56 ދިވެހިރާއްޖޭގެ ކަނޑު ފަޅުތަކުގެ އެންމެ ޕަސެންޓެއް ވެސް އަދި ހިމާޔަތް ނުކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއާއި ތިމާވެށީ ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެ ދިރާސާތައް ހުށަަހަޅާފައި ވަނީ މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ޖަމިއްޔާގެ ފަރާތުންނެވެ. އެ ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހާ ވިދާޅުވީ ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތައް އޮތް ނަމަވެސް ރާއްޖޭގެ ކަނޑުފަޅުގެ އެންމެ ޕަސެންޓެއް ވެސް އަދި…

ލޯންޗު އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ

ތުލުސްދޫ ކައިރީ ހިނގި ލޯންޗު އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ ކ.ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެފައިވާ ކަމަށާ، އެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 07:55 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާކަށެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މޮޅު ނުވުމުން ނަތަންޔާހޫގެ ޕާޓީން ބުނަނީ އަރަބި ޕާޓީތަކުން އިންތިހާބު ވަގަށް ނެގީ ކަމަށް

އިޒްރޭލުގައި ބޭއްވި ގައުމީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އާ ސަރުކާރެއް އެކުލަވާލުމުގެ މުގޫ އަރަބި ޕާޓީތަކުގެ އަތްމައްޗަށް ހިނގައިދާނެ ކަމަށް ބެލެވުމާ އެކު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީން އަރަބި ޕާޓީތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. ލިކޫޑް ޕާޓީން ބުނީ އަރަބި ޕާޓީތަކުން ވަނީ އިންތިހާބު "ވަގަށް ނަގާފައި" ކަމަށެވެ. އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އުފައްދަން އަރަބި ޕާޓީތަކުގެ ބޭނުން ހިފި ނަތަންޔާ…

ކަނޑުމަތިން 2 ލޯންޗެއްޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެ

ކަނޑުމަތިން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުން މިރޭ ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 19:19 ހާއިރު ކަމަށާއި، އެކްސިޑެންޓްވުމާއި ގުޅިގެން މެރިން ޕޮލިސް އިން ދަނީ ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވުމާއި ގުޅިގެން ތުލުސްދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރ…

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަނީ

28 Oct 2026, 20:52 ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން އެދި ޖޭއެސްސީއަށް ހުށަހެޅީ، މި އަހަރު ނިންމާފައި ރިޓަޔާކުރައްވާ ގޮތަށެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ފަނޑިޔާރު އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓ…

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ކޮޕާ ޑެލް ރޭގެ 24 މެޗެއް ފަސްކޮށްފި

28 Oct 2026, 20:57 ސްޕެއިންގެ މެދުތެރޭ ސަރަހައްދެއްގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި މަދުވެގެން 30 މީހުން މަރުވުމާ ގުޅިގެން މިރޭ ފަށަން ހަމަޖެހިފައި އޮތް ކޮޕާ ޑެލް ރޭ މުބާރާތުގެ ހުރިހާ މެޗެއް ފަސްކޮށްފިއެވެ. މި އެކްސިޑެންޓުގައި 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ މަޑުކޮށްގެން އޮތް ރޭލެއްގެ ފަހަތުގައި ހައިސްޕީޑް ރޭލެއް ޖެހިގެންނެވެ. ސްޕެނިޝް ފުޓްބޯލް ފެޑެ…

"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"

ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެއެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު …

Loading fresh headlines…