Live 358,018 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ސްޕެއިންގެ މެޑްރިޑްގައި ހައި-ސްޕީޑް ދެ ރޭލު މުޑިއަރައި 68 މީހުން މަރުވެއްޖެ

29 Oct 2026, 00:07 ސްޕެއިންގެ މެޑްރިޑްގެ ދެކުނުން ހައި-ސްޕީޑް ދެ ރޭލު މިއަދު މުޑިއަރައި، 68 މީހުން މަރުވެއްޖެއެވެ. އުރްދާ ސަރަހައްދުގައި ހިނގި މި ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. އަދި ކަސްޓީޔާ-ލާ މަންޗާގެ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނަކު ބުނިގޮތުގައި، މި އެކްސިޑެންޓުގައި 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. ސްޕެއިންގެ ދައުލަތުގެ ރޭލު ކުންފުނި ރެންފޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނ…

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މަދުވެގެން 70 އިންސައްތަ މަޝްރޫޢު ނިންމުން: ރައީސް

ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ…

މަސްރަޙު ގޯސްވުމާ ގުޅިގެން މޯލްޑިވިއަނުން ޢުމްރާ ފްލައިޓްތައް ފަސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ. މި ދަތުރު ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. މޯލްޑިވިއަނުން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި …

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަން ނިންމައިފި

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކޮށް، އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ކަމަށެވެ. މިރޭގެ ޕޮޑްކާސްޓްގައި ރ…

ރަސްމާލެ މަޝްރޫއުގައި ނޭދެވޭ ކަމެއް ނުހިނގާނެ، އެ އެއްބަސްވުން މަޖިލީހަށް ފޮނުވާނަން: ރައީސް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއުގެ ތެރެއިން ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި އަދި އެ ކުންފުންޏާ އެކު ސޮއިކުރާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ބޭރު މީހުންނަށް ޕްރޮޕަޓީތައް ވިއްކާ ގޮތަށް ރާވާފައިވާ މަޝްރޫއުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރުން ހާމަނުކުރާ ކަމުގެ ކަންބޮޑުވުން ބައެެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެކަމަށް ޖަވާބު ދެއްވަމު…

ޔަގީންކަން އެބަ އޮތް ރަސްމާލޭގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުން: ރައީސް

28 Oct 2026, 22:48 މި ސަރުކާރުގެ މެގަ ޕްރޮޖެކްޓް ކަމަށްވާ ރަސްމާލެ ތަރައްގީކޮށް ނިމުމާއެކު އެތަނުގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ޔަގީންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. 'ނޭޝަން ޗެޓް' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުން ފިޔަ ނަމަވެސް، ރަސްމާލެއަކީ މުސްލިމުންނަށް ފަހި މާހައުލެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް …

އިޓަލީން ދޭ ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފް މަހުދީއަށް ދެނީ

ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުންތައް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް އިޓަލީވިލާތުން ހިތްވަރު ގަދަކަމުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި އެވެ. މަހުދީއަށް ދޭން ނިންމާފައިވަނީ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"ގެ ޝަރަފެވެ. އެއީ އާދަޔާހިލާފު ހިތްވަރު ގަދަކަމުގެ އަގުވަޒަން ކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފެވެ. ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ …

ޑައިވަރުން ސަލާމަތް ކުރަން އުޅެނިކޮށް މަރުވި އެމްއެންޑީއެފްގެ މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފް

28 Oct 2026, 23:01 ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި އިޓަލީގެ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ ރަން މެޑަލް ދޭން ނިންމައިފިއެވެ. ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މަހުދީއަށް ދޭން ނިންމާފައިވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ގައުމުން ދޭ އެންމެ މ…

ޔަހޫދީންގެ އިންތިހާބު: ނަތަންޔާހޫއަށް ބޮޑުވަޒީރުކަމުގައި ދެމިހުރުމުގެ ފުރުސަތެއް

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުބަޒީރުގެ މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. ޔަހޫދީންގެ އާންމު އިންތިޚާބުގެ ވޯޓުގެ އާންމު ވޯޓުގެ 100 އިންސައްތަ މިހާރު ގުނާ ނިމިފައިވާއިރު، އެ ވޯޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި 120 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ޤާނޫނުހަދާ މަޖިލީހުގެ 53 ގޮނޑި ނަތަންޔާހޫއަށް ތާއީދުކުރާ އޭނާގެ ލިކުޑް ޕާޓީއާއި ހަރުކަށި ކަނާތު ފިޔައާއި ޔަހޫދީ ދީނީ ފިކުރު އިސްކުރާ އަލްޓްރާ އޯތޮޑޮކްސް ޕާޓީތަކުން ވަނީ ކާމިޔާބު ކޮށްފައެވެ. ނަތަންޔާހޫއާ ވާދަކު…

އީގަލް ހިލްސްއިން ހަދާ 5،000 ހައުސިން ޔުނިޓް ހާއްސަކުރާނީ ޒުވާނުންނާއި މަސައްކަތްތެރިންނަށް: ރައީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގެ ފޭސް ތިނެއްގައި ތަރައްގީކުރަން ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓް ހާއްސަކުރަން ވިސްނަނީ ޒުވާނުންނާއި މަސައްކަތްތެރިންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ދިވެހި އާއިލާތަކަށް ތިން ކޮޓަރީގެ 5,000 ފްލެޓް ބިނާކުރަން ވަނީ ނިންމައިފަ އެވެ. އެއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ …

ނޫސްވެރިންތަކަކަށް ފުރައްސާރަކުރާ މައްސަލަ ބަލައި، ރައްކާތެރިކަންދޭން ގޮވާލައިފި

ނޫސްވެރިންތަކަކަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ. ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އިން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ މައުލޫމާތު ދި…

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލު އައްޔަނު ކޮށްފައިވާ ކަން އެނގިއްޖެ އެވެ.ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިޘް ވަހީދު ވަކި ކުރުމަށްފަހުގަ އެވެ. ވައިޘް އެ މަގާމުގައި ހުންނެވީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގ…

Loading fresh headlines…