ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުބަޒީރުގެ މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު ލިބިއްޖެއެވެ.
ޔަހޫދީންގެ އާންމު އިންތިޚާބުގެ ވޯޓުގެ އާންމު ވޯޓުގެ 100 އިންސައްތަ މިހާރު ގުނާ ނިމިފައިވާއިރު، އެ ވޯޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި 120 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ޤާނޫނުހަދާ މަޖިލީހުގެ 53 ގޮނޑި ނަތަންޔާހޫއަށް ތާއީދުކުރާ އޭނާގެ ލިކުޑް ޕާޓީއާއި ހަރުކަށި ކަނާތު ފިޔައާއި ޔަހޫދީ ދީނީ ފިކުރު އިސްކުރާ އަލްޓްރާ އޯތޮޑޮކްސް ޕާޓީތަކުން ވަނީ ކާމިޔާބު ކޮށްފައެވެ. ނަތަންޔާހޫއާ ވާދަކުރާ ގާޑީ އައިޒެންކޮޓްއަށް ތާއީދުކުރާ ޕާޓީތަކުން ކާމިޔާބުކޮށްފައި ވަނީ 48 ގޮނޑިއެވެ. އޭގެ އިތުރުން ޢަރަބި ޔަހޫދީން 19 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ.
ގިނަ ޢަދަދެއްގެ ޚާއްޞަ ވޯޓު އަދި ގުނާފައި ނުވާއިރު، ގޮނޑިތައް ބެހިފައިވާ ގޮތަށް އަަދިވެސް ބަދަލު އައުން އެކަށީގެންވެއެވެ.
މި ނަތީޖާއާއެކު ނަތަންޔާހޫއާ އިދިކޮޅު އައިޒެންކޮޓްއަށް ޤާނޫނުހަދާ މަޖިލީހުގެ ބާރު ލިބޭނެ ކަމަށް ނުބެލެވެއެވެ. އައިޒެންކޮޓަށް ދެން ޤާނޫނުހަދާ މަޖިލީހުގައި ކުރި ހޯދޭނީ ޢަރަބި ޕާޓީތަކުގެ ތާޢީދު ހޯދައިގެންނެވެ. ނަމަވެސް ޢަރަބި ޕާޓީތަކާއެކު އިއްތިޙާދު ހެދުމަކީ ޔަހޫދީ ސިޔާސީ ޕާޓީތަކުން ގަޔާވާ ކަމެއް ނޫނެވެ.
އިއްތިޙާދު ހެދުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު،ވަގުތީ ގޮތުން ދައުލަތުގެ ހިންގުމާ ހަވާލުވެ ހުންނަ ބެލެނިވެރި ބޮޑުވަޒީރުގެ ހައިސިއްޔަތު ނަތަންޔާހޫ ޢަދާ ކުރަމުންދާނެއެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރު އައު އިންތިޚާބެއް ބޭއްވެންދެން އެ މަޤާމުގައި އޭނާ ހުންނާނެއެވެ. ބެލެނިވެރި ސަރުކާރެއްގެ ޙައިޞިއްޔަތުން ވެސް ބާރު ދެމެހެއްޓޭނެ ކަމަށާއި މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ނިންމުންތައް ނިންމޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޔަހޫދީންގެ އިންތިހާބު: ނަތަންޔާހޫއަށް ބޮޑުވަޒީރުކަމުގައި ދެމިހުރުމުގެ ފުރުސަތެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed