ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަ އެމްޖޭއޭއިން ފުލުހުންނަށް ހުށަހަޅައިފި
ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފުރައްސާރަ އާއި އަބުރު ކަތިލުމުގެ ކެމްޕޭނުތައް ތަހުގީގުކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރު، އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި އެ ގައުމަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް ނަފުރަތު އުފެއްދުމަ…