ޕާކިސްތާނުގައި ދަރިވަރުންނަށް 500,000 ކްރޯމްބުކް ދިނުމުގެ މަޝްރޫއެއް ފަށައިފި
28 Oct 2026, 16:30 ޕާކިސްތާނުގެ ޑިޖިޓަލް ތައުލީމު ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ދަރިވަރުންނަށް 500,000 ކްރޯމްބުކް ބެހުމަށް ނިންމައި، އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. އިސްލާމްއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ޕްރައިމް މިނިސްޓާސް ޔޫތު ކްރޯމްބުކް ސްކީމް" އިފުތިތާހުކޮށްދެއްވީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ ޒުވާނުންނަށް ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމ…