Live 358,195 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމަތައް ރާވާ އެމެރިކާގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފި

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގެ އިސްތިރާޖީ، ރޭވުންތަކާއި ޕޮލިސީ (ޖޭ-5) ގެ ޑިރެކްޓަރު، އާމީ ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކުއްލި ގޮތަކަށް މަޤާމުން ވަކިކުރައްވައިފިއެވެ. އެމެރިކާ ސަރުކާރުގެ އިސް 2 އޮފިޝަލަކު ވިދާޅުވީ، ދިފާއީ ސެކްރެޓަރީ ޕީޓް ހެގްސެތު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕެންޓަގަންގެ އިސް މަޤާމުތަކަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، މި ހަފުތާގައި ސިލްވިއާވެސް މަޤާމުން ދުރުކޮށްފައިވާ ކަމަށެވެ. އެމެރިކާ އަސްކަރިއްޔާގެ 101 ވަނަ އެއާބޯ…

ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގައި މިވަގުތު ލިބެން ނެތް ރޭޑިއޭޝަން ތެރަޕީގެ ހިދުމަތް ދެވޭނެ ހާއްސަ ޗެމްބަރަކާއެކު، ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މަޝްރޫއު ހަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ…

59.7 ބިލިއަންގެ ބަޖެޓް: 10 ބިލިއަނާއެކު އެންމެ ބޮޑު ޚަރަދެއް ސިއްހީ ދާއިރާއަށް

29 Oct 2026, 14:07 ދައުލަތުން އަންނަ އަހަރަށް ކަނޑައަަޅަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، 10 ބިލިއަނާއެކު އެންމެ ބޮޑު ޚަރަދެއް ސިއްހީ ދާއިރާއަށް ކަނޑައަޅައިފިއެވެ. ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވަނީ، އަންނަ އަހަރަށް ލަފާ ކުރައްވާ ބަޖެޓުގެ ތަފްސީލުތައް އިއުލާންކުރައްވައިފައެވެ. ބަޖެޓު އިއުލާންކުރައްވަމުން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ.…

ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ނެތް، ހަމައެކަނި ބޭރުގެ ކުންފުންޏަކަށް އިންތިހާއަށް ފައިދާވާ ގޮތަށް ރޭވިފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ވިޔަފާރި މުއާމަލާތެއްގައި ވެސް މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަ…

އަންނަ އަހަރު އެއްވެސް ޓެކްސްއެއް ބޮޑެއް ނުކުރާނެ: ޒަރީރު

އަންނަ އަހަރުގެ އާމްދަނީ އިތުރު ކުރުމަށް ދައުލަތުން އެއްވެސް ޓެކްސްއެއް ބޮޑު ނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރަނީ ޓެކްސްގެ ނިޒާމު އެފިޝިއެންޓްކޮށްގެން ކަމަށެވެ. އަދި ޓެކްސްއާ ގުޅޭ ލޫޕްހޯލްތައް ބައްދައި، ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ޓެކްސް …

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރުު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސ…

އަންނަ އަހަރު 43 ބިލިއަންގެ އާމްދަނީއެއް ލިބޭއިރު، އެއަށް ވުރެން ޚަރަދު 9 ބިލިއަން އިތުރު!

29 Oct 2026, 14:25 އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، އެއަށް ވުރެން ޚަރަދު ނުވަ ބިލިއަން އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ބަޖެޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވަނީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ތަފުސީލުތައް ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފައެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އެ މިނިސްޓްރީން ލަފާކުރަނީ 43 ބިލިއަން ރުފިޔާގެ އާމ…

އަންނަ އަހަރު 2.28 މިލިޔަން ފަތުރުވެރިން، ބެޑްނައިޓް 14.5 މިލިޔަނަށް

2027ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2.28 މިިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 14.5 މިލިޔަނަށް އިިތުރުވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވި ބަޔާނުގައި ވަޒީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އަމާޒުތައް ހިއްސާކުރައްވާފައެވެ. މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށެވެ. އަދި މިއަހަރު ފެށުނުއިރު ރާއް…

2027 އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 2.5 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ: ވަޒީރު

ސަރުކާރުން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ" އިސްނެގުމާއެކު، އަންނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ އަދަދަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އިއްވެވި ބަޖެޓު ބަޔާނުގައި ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒ…

މޯލްޑިވްސް އެކްސްޕޯގެ ދިރާގު ސްޓޯލުން އަގުހުރި އިނާމުތަކެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި ހުންނަ ދިރާގުގެ އެކްސްޕީރިއެންސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ދިރާގުން ހުށަހަޅައިފައިވާ އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 18 ޕްރޯއަކާއި، ހިތްގައިމު ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން، ކޮންމެ ދުވަހަކު ދޭ އިނާމުތައް ހިމެނެ އެވެ. ދިރާގު ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއްނެތް ފައިބާ ކަނެކްޝަނަށް އެދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސ…

އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު

ޓްރެފިކް ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބަލަހައްޓައި، ދިމާވެފައިވާ ޓްރެފިކްގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޓްރެފިކް ނިޒާމު ޑިޖިޓަލައި…

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގަންނަވަނީ ރާއްޖެއަށް އަގުނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެއްވާފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒު ކޮންމެ ފަހަރަކު ގައުމުން ބޭރަށް ވަޑައިގަތުމުން ރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުކޮށ…

Loading fresh headlines…