ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފަސޭހަތަކެއް ހުންނަ ކަމަށާއި، ނަމަވެސް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ. ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ މި ބިލުގައި މާލީ ތަނަވަސްކަން ނުލިބޭ ފަރާތްތަކަށް ހޯމް…