Live 358,018 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

އިންފަންޓީނޯގެ ކެމްޕޭނާއި ވޯލްޑް ކަޕުގެ މައްސަލަތަކާ ގުޅިގެން ޖަޕާން އެފްއޭގެ ނައިބު ރައީސް އިސްތިއުފާ ދީފި

28 Oct 2026, 21:04 ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަލުން އެ މަޤާމަށް އިންތިޚާބު ކުރުމަށް އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ތާޢީދުކުރުމާއި، ވޯލްޑް ކަޕާ ގުޅިގެން ފެންމަތިވި މައްސަލަތަކުގައި ކަންކަން ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) ގެ ނައިބު ރައީސް ޓަކޭޝީ އޮކާޑާ މަގާމުން އިސްތިއުފާ ދީފިއެވެ. ޖަޕާނުގެ ގައުމީ ޓީމަށް 1998 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިން އޮކާޑާ އިސްތިއުފާ ދިނީ، ޖޭއެފްއޭގެ ތިން ނައިބު ރައީސުންގެ ތެރެއިން އެއް…

"ޕާކިސްތާނު ދަތުރުގެ ކާމިޔާބީ ކައިރި މުސްތަޤުބަލެއްގައި ފެންނާނެ"

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ރަނގަޅު ނަތީޖާ ކައިރި މުސްތަޤްބަލެއްގައި ފެންނާނެކަމަށް ރައީސުލްުޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓްގައި ޕާކިސްތާނުގެ ދަތުރުފުޅުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 ދުވަހުގެ މުއްދަކަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެ…

ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރު ފަސްކޮށްފި

28 Oct 2026, 21:24 މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައް…

އުފެއްދުންތެރިކަމުގެ މައުރަޒަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފި

މިހާތަނަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިވަގުުތު ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މައުރަޒުކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު …

ތުލުސްދޫ ކައިރިން ދެ ލޯންޗެއް ޖެހި، އެކްސިޑެންޓުވެ ފަސް މީހަކަށް އަނިޔާވެއްޖެ

ކ. ތުލުސްދޫ ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅީ ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައި ވާއިރު، އެ މީހުންނަށް ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަ…

އަލްވަރޭޒްގެ މައްސަލާގައި ބާސެލޯނާ ޖޫރިމަނާކޮށްފި

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން އެލީގުގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް އެޓްލެޓިކޯގެ ހުއްދަ ނެތި ކުޅުންތެރިޔާ އާއި ގުޅި މައްސަލައިގާ ބާސާ ޖޫރިމަނާކޮށްފިއެވެ. އެޓްލެޓިކޯއިން ބުނާގޮތުގައި ބާސާއިން އަލްވަރޭޒް އާއި ވާހަކަ ދައްކަން ފަށާފައިވަނީ ލިޔުމުން އެކްލަބްގެ ހުއްދަ ނުހޯދައެވެ. މިކަމާއި ގުޅިގެން އެޓްލެޓިކޯއިން ސްޕެއިންގެ ފުޓްބޯލް އެސޯސިއޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެފަރާތުންވަނީ ބާސާ 602 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. ބުނެވޭ…

އުނދަގޫ މެޗަކަށްފަހު ޒުވަރޭވް ވިއޭނާ އޯޕަންގެ ދެވަނަ ބުރަށް

އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެކްޒެންޑަރ ޒުވަރޭވް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ދެވަނަ ބުރުން ޒުވަރޭވް ޖާގަހޯދާފައިވަނީ ފުރަތަމަ ބުރުގައި އުމުރުން 20 އަހަރުގެ ސްޕެއިންގެ ކުޅުންތެރިއެއް ކަމަށްވާ މާޓިން ލަންޑަލޫސޭ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ދެ ސެޓު އެއް ސެޓުން ޒުވަރޭވް ކާމިޔާބު ކުރި ނަމަވެސް މިމެޗު ވެގެންދިޔައީ އޭނާއަށް ވަރަށް އުނދަގޫވި މ…

ޗެމްޕިއަން ނިކްސް ފުރަތަމަ ފަހަރަށް މިސީޒަންގައި މޮޅުވެއްޖެ

އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މިސީޒަންގައި ފުރަތަމަ ފަހަރަށް ނިކްސް މެޗަކުން މޮޅުވެއްޖެއެވެ. ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައި ކުޅުނު މިމެޗު ނިކްސް ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 111 ޕޮއިންޓް 97 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކުއާޓަރގައި މިސީޒަންގައި މިހާތަނަށް މެޗަކުން ބަލިނުވާ ޑެޓްރޮއިންޓުން ވަނީ 13 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ…

ޑީއެފްބީ ޕޮކާލްގެ ތިންވަނަ ބުރުން ޑޯޓްމުންޑް ޖާގަހޯދައިފި

ޖަރމަން ޑީއެފްބީ ޕޮކާލް ނުވަތަ ލީގު ކަޕްގެ ތިންވަނަ ބުރުން ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ޑޯޓްމުންޑޤ ޖާގަހޯދާފައިވަނީ ދެވަނަ ބުރުގައި ވަރޑަރ ބްރޭމަން އާއި ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މިމެޗުގައި ޑޯޓްމުންޑް އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ. މިމެޗުގެ ފެށުން ދިޔައީ ޑޯޓްމުންޑް އިން އެންމެ ބޭނުންވިގޮތަށެވެ. މިގޮތު…

ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމްކުރަން ބަޔަކާއި ހަވާލުކޮށްފި

ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމްކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ރާއްޖޭގައި މިވަގުތު ކެންސަރަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ޤާއިމްކުރާ މިސެންޓަރު ތަރައްޤީ ކުރާނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާ ކުންފުންޏެއް ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ތަރައްޤީކުރާ މި ސެންޓަރު ގާއިމްކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް…

ތިނަދޫ މޭޔަރު ސައުދަށް ކުރާ 2 ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

28 Oct 2026, 19:47 ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން ދިން މުއްދަތަށް ފަހު، މާދަމާއަށް ޝަރީއަތް ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މާދަމާގެ މެންދުރު 13:00 އަށް ތާވަލުކޮށްފައި ވަނީ ސައުދުގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ މައްސަލައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މަ…

ރޭލު އެކްސިޑެންޓާ ގުޅިގެން ކޮޕާ ޑެލްރޭގެ މެޗުތައް ފަސްކޮށްފި

ސްޕޭނުގައި ރޭލު އެކްސިޑެންޓެއްވެ، 64 މީހުން މަރުވުމާ ގުޅިގެން މިއަދާއި މިރޭ ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ނުކުޅެން ނިންމައިފި އެވެ. ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ މަރުވި މީހުންނާއި މި ހާދިސާގައި އެކިވަރުވެރުގެ އަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ސްޕޭނުގެ ވެރިރަށް މެޑްރިޑްގެ ދެކުނުގައި ރޭލު އެކްސިޑެންޓްވީ ސެވިއްޔާ އަށް ދަތުރު ކުރަމުންދަނިކޮށެވެ. ސްޕޭނުގެ ހެލްތް މިނިސްޓަރު މޮނިކާ ގާސިއާ ބުނީ މި ހާދިސާގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހ…

Loading fresh headlines…