ސްޕޭނުގައި ރޭލު އެކްސިޑެންޓެއްވެ، 64 މީހުން މަރުވުމާ ގުޅިގެން މިއަދާއި މިރޭ ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ނުކުޅެން ނިންމައިފި އެވެ.
ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ މަރުވި މީހުންނާއި މި ހާދިސާގައި އެކިވަރުވެރުގެ އަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.
ސްޕޭނުގެ ވެރިރަށް މެޑްރިޑްގެ ދެކުނުގައި ރޭލު އެކްސިޑެންޓްވީ ސެވިއްޔާ އަށް ދަތުރު ކުރަމުންދަނިކޮށެވެ. ސްޕޭނުގެ ހެލްތް މިނިސްޓަރު މޮނިކާ ގާސިއާ ބުނީ މި ހާދިސާގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ބުދަ ދުވަހާއި މިރޭ ކުޅެން ހަމަޖައްސާފައިވާ 24 މެޗު ފަސް ކުރި ނަމަވެސް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހަށް ތާވަލް ކޮށްފައިވާ އެއްވެސް މެޗެއް ފަސް ނުކުރާނެ ކަމަށެވެ. އަދި ފަސްކުރި މެޗުތައް ކުޅޭނެ އައު ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް ސްޕެނިޝް ލީގުގެ އެއްވެސް މެޗެއް މިކަމާ ގުޅިގެން ފަސް ނުކުރާނެ އެވެ.
މިހާދިސާގައި މިހާ ގިނަ އަދަދެއްގެ ބަޔަލު މަރުވުމާ ގުޅިގެން ސްޕޭނުގެ ކުލަބުތަކުން ވެސް ދަނީ މަރުވި މީހުންނަށް ތައުޒިޔާ ކިޔަމުންނެވެ. މި ގޮތުން ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވެސް ވަނީ ބަޔާން ނެރެފަ އެވެ. އަދި ސެވިއްޔާއިން ވަނީ މިއަދު އޮތް އެ ކުލަބުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން މަރުވި މީހުންގެ ހަނދާނުގައި ހާއްސަ ސްކޫލެއް ގެނެސްފަ އެވެ.
"މިހާދިސާގެ ސަބަބުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެއް. އާއިލާތަކާ ބައިވެރިވުމުގެ ގޮތުން އަހަރުމެން މިހާރު ނިންމާފައިވަނީ އެއްވެސް މެޗެއް މިއަދު ނުކުޅެން. އެންމެ މުހިންމު ކަމަކީ އިންސާނީ ވަންތަކަން. އަހަރުމެން އެންމެ ބޮޑަށް އިސްކަންދެނީ ވެސް ކުޅުންތެރިންނާއި އެ މީހުންގެ އާއްމު ސިއްހަތާއި ރައްކާތެރިކަމަށް،" ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވެ އެވެ.
ސްޕޭނަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބޭއްވުމަށް ބިޑްކޮށްފައިވާ ގައުމެކެވެ. މެޗުތައް ފަސްކޮށް މިކަމުގައި ފުޓްބޯޅަ ފެޑަރޭޝަނުން މިހާބޮޑަށް ބައިވެރިވި އެއް ސަބަބަކީ ވެސް މިއީ އެވެ.
ރޭލު އެކްސިޑެންޓާ ގުޅިގެން ކޮޕާ ޑެލްރޭގެ މެޗުތައް ފަސްކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed