ވެނޭޒިއާގެ މައްޗަށް އިންޓަރ ކުރި ހޯދައިފި
އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ވެނޭޒިއާ ބައްދަލުކުރި މެޗު އިންޓަރ ކާމިޔާބުކޮށް މިސީޒަންގައި ބަލިނުވެ 9 މެޗު ހަމަކޮށްފިއެވެ. ވެނޭޒިއާގެ ސްޓާޑިއޯ ޕިއަރ ލުއިޖީ ޕެންޒޯގައި ކުޅުނު މިމެޗުގެ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އިންޓަރ އިން އުފެއްދި ނަމަވެސް ވެނޭޒިއާ ފެނިގެންދިޔައީ ވަރަށް ނުރައްކާކޮށެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފްގައި ވެނޭޒިއާއިން ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވ…