Live 358,010 stories Updated Oct 29, 2026
Browse topics All stories

Latest stories

Live feed

ރަންބީރު، ދަރިފުޅު ރަހާއަށް ދޭ ލޯބި ފެނުމުން އަމިއްލަ ނަފުސު ދެކެ ލަދުގަންނަ ކަމަށް ވަރުން ބުނެފި

29 Oct 2026, 09:00 ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަކީ ދަރިފުޅަށް ވަރަށް ފުރިހަމަ އަދި ނަމޫނާ ބައްޕައެއް ކަމަށާއި، އޭނާ ދަރިފުޅު ރަހާ ގެންގުޅޭ މަންޒަރު ފެނުމުން އަމިއްލަ ނަފުސު ދެކެ ލަދުގަންނަ ކަމަށް ކާމިޔާބު އެކްޓަރު ވަރުން ދަވަން ބުނެފިއެވެ. މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަނުގައި ބަތަލާ ޖާންވީ ކަޕޫރާއެކު ބައިވެރިވެ ވާހަކަދައްކަމުން ވަރުން ވަނީ އޭނާގެ ފިލްމީ ޙަޔާތާއި ޒާތީ ދިރިއުޅުމުގެ އެކި ކަންކަމުގެ އިތުރުން، އަނބިމީހާ ނަތާޝާ ދަލާލް އާއި ދެމަފިރިންގެ ދެ އަހަރުގެ އ…

ޖެނިފާއާ ދެމެދު މައްސަލައެއް ޖެހިފައިވާ ކަމަށް ބުނާ ވާހަކަތައް ޕަރިނީތީ ދޮގުކޮށްފި

29 Oct 2026, 09:01 ނެޓްފުލިކްސްއިން ދާދިފަހުން ގެނެސްދިން ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފުލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެ ސީރީޒްގައި ޙަރަކާތްތެރިވި ދެ ތަރިން ކަމަށްވާ ޕަރިނީތީ ޗޯޕްރާ އާއި ޖެނިފާ ވިންގެޓާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ދެ ތަރިން ވެސް އެއްކޮށް ދޮގުކޮށްފިއެވެ. މި ޙަފުލާގައި ކޭކު ފެޅި ވަގުތު ނަގާފައިވާ ވީޑިއޯއިން ފެންނަނީ ޕަރިނީތީގެ ފަހަތުގައި ޖެނިފާ ހުއްޓިލައިގެން ހުންނަ މަންޒަރެވެ. …

އެމްބާޕޭއާ ހެދި ސްޕެނިޝް ލީގަށް ޗައިނާ މާކެޓް ގެއްލެނީ!

ފްރާންސްގެ ޕޮޑްކާސްޓެއްގައި ޗައިނާގެ ކުރީގެ ލީޑަރު މާއޯ އަށް އަދަބާ ހިލާފުކޮށް މުހާތަބް ކުރި މައްސަލަ ހޫނުވެ ރެއާލް މެޑްރިޑުގެ މެޗުތައް ޗައިނާގައި ނުދައްކަން ނިންމައިފި އެވެ. ޗައިނާ ސަރުކާރުން ހިންގާ މުގޫ ޓީވީން ދަނީ ސްޕެނިޝް ލީގުގެ މެޗުތައް އެ ގައުމަށް ދައްކަމުންނެވެ. ނަމަވެސް އެމްބާޕޭގެ ވާހަކަތަކާއެކު ރެއާލް މެޑްރިޑްގެ މެޗުތައް ނުދައްކަން ވަނީ ނިންމާފަ އެވެ. ރެއާލް މެޑްރިޑާއި ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސްގެ ގުޅުން ގޯސްވެފައިވީ ނަމަވެސް މިކަމާ ގުޅިގެން ސްޕެނިޝް ލީގާއި ރެއާލް ވެސް ވަނީ އަ…

އިޖުތިމާޢީ ކެމްޕޭންތަކުން ދުވަހަކު ވެސް ފައިސާއެއް ނުނަގަން: ދިއާ މިރްޒާ

29 Oct 2026, 09:03 އިންޑިއާގެ މަހާރާޝްތުރާ ސަރުކާރުން އިސްނަގައިގެން ބަޑިބޭސް އެރުވުމާ ދެކޮޅަށް ހިންގަން ރާވާފައިވާ ހޭލުންތެރިކަމުގެ ކެމްޕޭނަށް އެއްވެސް ބޮލީވުޑް ތަރިއަކު ކުރިމަތިލާފައި ނުވާތީ، ބޮމްބޭ ހައިކޯޓުން އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ކޯޓުން މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ގޮތުގައި މިއީ މުޖުތަމަޢުގެ ފައިދާއަށްޓަކައި މަޝްހޫރު ފަރާތްތަކުން އަގަކާ ނުލައި އިސްނަގަންވީ ވަގުތެވެ. އަދި މިފަދަ ޤައުމީ މުހިންމު ކަމެއްގައި ސެލެބްރިޓީން ބައިވެރިކުރުވުމަށްޓަކައި ރައްޔިތުންގެ…

ރަފީނިއާ ލައްވައި ނުކުޅުވަން ބްރެޒިލާއި ބާސެލޯނާ މަޝްވަރާއަށް

ފޯވަޑް ރަފީނިއާ ލައްވައި ބްރެޒިލްގެ ގައުމީ ޓީމަށް ނުކުޅުވަން އެދި އޭނާގެ ކުލަބު ބާސެލޯނާއިން ބްރެޒިލާ މަޝްވަރާ ކުރަން ފަށައިފި އެވެ. ސްޕެނިޝް ލީގުގައި މި ވަގުތު އެއްވަނާގައި އޮތް ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިއަކީ ރަފީނިއާ އެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގެ ފޯވަޑަކު ނެތި މި ސީޒަނާ ކުރިމަތިލުމުން ޓީމުގެ އެންމެ އިސް ފޯވަޑަކަށް ހަދާފައިވަނީ ވެސް ރަފީނިއާ އެވެ. ނަމަވެސް ބާސެލޯނާއިން ކަންބޮޑުވަނީ އެ ޓީމުގެ ކެޕްޓަން ބްރެޒިލްގެ ގައުމީ ޓީމަށްދާ ކޮންމެ ފަހަރަކު އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން…

ސިކުންތަކު 20,000 ފޯކޭ ފިލްމު ޑައުންލޯޑުކުރެވޭ ސްޕީޑާއެކު އޮޕްޓިކަލް ފައިބާގެ ދުނިޔޭގެ އާ ރެކޯޑެއް ޗައިނާއަށް

29 Oct 2026, 09:06 އޮޕްޓިކަލް ފައިބަރު މެދުވެރިކޮށް ރިއަލް-ޓައިމްކޮށް ނުވަތަ ވަގުތުން މައުލޫމާތު ފޮނުވުމުގެ ދާއިރާއިން ސިކުންތަކު 3.2 ޕެޓާބިޓްސް (ޕީބީ/އެސް) ގެ ދުވެއްޔެއް ހޯދައި، ދުނިޔޭގެ އާ ރެކޯޑެއް ޗައިނާގެ ރިސާޗަރުން ގާއިމުކޮށްފިއެވެ. މި ކާމިޔާބީއަކީ 24 ކޯގެ ކޭބަލެއް ބޭނުންކޮށްގެން ހޯދި ކާމިޔާބީއެއް ކަމަށްވާއިރު، އެންމެ ސިކުންތެއްގެ ތެރޭގައި 20,000 އަށްވުރެ ގިނަ 4ކޭ ފިލްމު ޑައުންލޯޑު ކުރެވޭނެ ފަދަ އިންތިހާއަށް އަވަސް ދުވެއްޔެކެވެ. މި ކަން އިއުލާންކޮށްފައިވަނީ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ރަސް…

އިހު ދިވެހީންގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއެކު ބަދަލުކޮށްލި 'ތަށިބަރި'

29 Oct 2026, 09:09 ދިވެހިރާއްޖޭގެ މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގައިލާއިރު، އެންމެ ބޮޑަށް ހިތްދަމައިގަންނަނީ ކާބަފައިންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރީތި ތަސްވީރެވެ. މާއްދީ ގޮތުން ބަލާއިރު ދިރިއުޅުން ކިތަންމެ ސާދާވެފައި ދަތި ނަމަވެސް،ހިތްތައް ފުރިފައި އޮތީ މާތް ސިފަތަކާއި ތަނަވަސް އޯގާތެރިކަމުންނެވެ. މި ގުޅުންތަކުގެ ބިންގަލަކަށްވި، އަދި އިޖުތިމާޢީ ރޫޙު އެންމެ ފުރިހަމައަށް ދައްކުވައިދިން އެއް ކަމަކީ، ލޯތްބާއި ކުލުނާއެކު ދިވެހިން ކުރަމުން އައި 'ތަށިބަރި' ބަދަލުކުރުމު…

ޔަހޫދީ އެޑް ކުންފުންޏަކުން ސްޓާލިންކް ބޭނުންކުރާ މީހުން ދެނެގަނެ ޖާސޫސްކުރަނީ

އިންޓަނެޓު މެދުވެރިކޮށް އިޝްތިހާރުކޮށްދޭ ޔަހޫދީ އެޑް ކުންފުންޏެއް ކަމަށްވާ ޑިސްކަވަރ-ޓެކްއިން ސްޕޭސްއެކްސްގެ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓު ބޭނުންކުރާ މީހުން ދެނެގަނެ އެ މީހުންނަށް ޖާސޫސްކުރުމަށް އެ ކުންފުނިން ޝާޢިއުކުރާ އެޑްތައް ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފިއެވެ. ސައިބަރސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޓްރެންޑްއޭއައިގައި ދިރާސާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މުވައްޒަފުން ބުނީ ސްޓާލިންކް ބޭނުންކުރާ މީހުންނަށް އަމާޒުކުރާ އިޝްތިހާރުތައް ދެއްކުމަށް ކުރިއަށް ގެންދާ ބީލަންތަކުގައި …

'ދަ ހަންގާ ގޭމްސް'ގެ އާ ފިލްމުން ކެޓްނިސްގެ ރޯލަށް ޖެނިފާ ލޯރެންސް އެނބުރި އަންނަނީ

29 Oct 2026, 09:11 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ދަ ހަންގާ ގޭމްސް" ފްރެންޗައިޒްގެ އާ ފިލްމު "ދަ ހަންގާ ގޭމްސް: ސަންރައިޒް އޮން ދަ ރީޕިންގް"އިން އަލުން ކެޓްނިސް އެވަޑީންގެ ރޯލުން ފެނިގެންދާނެކަން އޮސްކާ ކާމިޔާބުކޮށްފައިވާ ބަތަލާ ޖެނިފާ ލޯރެންސް ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. މިފެށޭ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުންދާ މި ފިލްމުގައި އޭނާ އަލުން މި ރޯލު ކުޅެން ލިބުމަކީ ޤަބޫލުކުރަންވެސް ދަތި، އެހާމެ އަސަރުގަދަ އިހުސާސްތަކެއް ކުރުވ…

ރޮނާލްޑޯ އާއި ބާސެލޯނާގެ ޖޫރިމަނާ; ނަމަކަށް ކުރި ކަމެއްތަ؟

ފުޓްބޯޅައިގައި ޝައުގުވެރި ނިންމުންތަކެއް ނިމިގެންމިދާ ހަފުތާގައި ފެނިގެން ގޮސްފި އެވެ. އެންމެ ފުރަތަމަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫރިމަނާ ކުރީ އެވެ. އެއަށްފަހު ސްޕޭނުގެ އެންމެ ވަރުގަދަ އެއް ކުލަބު ބާސެލޯނާ އަށް ވެސް ކުރިމަތިވީ ޖޫރިމަނާއެކެވެ. މި ދެ ޖޫރިމަނާ ވެސް ކޮށްފައިވަނީ އެ ގައުމެއްގެ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. ބާސެލޯނާ ޖޫރިމަނާ ކުރީ ސްޕެނިޝް ލީގާއި، ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފަށް އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ލައްވައި ސޮއި ކުރުވަން އުޅެގެންނެވެ. އެތްލެ…

މަގުބޫލު ޝޯ 'އިންޑިއަލް އައިޑޮލް'އިން މަޝްހޫރުވި އަމިތު ސަނާ، 22 އަހަރަށްފަހު އެނބުރި ސްޓޭޖަށް

29 Oct 2026, 09:14 އިންޑިއާގެ އެންމެ މަޤުބޫލު ލަވަކިޔުމުގެ މުބާރާތް ކަމަށްވާ "އިންޑިއަން އައިޑޮލް"ގެ ފުރަތަމަ ސީޒަނުގެ ދެވަނަ ހޯދި ހުނަރުވެރި ލަވަކިޔުންތެރިޔާ އަމިތު ސަނާ، ބާވީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ފަހު އަލުން އެ ޕްލެޓްފޯމަށް އެނބުރި އައިސް، އޭނާ މީޑިއާގެ ސަމާލުކަމާ ދުރުގައި ހުރި ސަބަބުތައް ހާމަކޮށްފިއެވެ. އަމިތު ބުނި ގޮތުގައި ބޮލީވުޑްގެ މާޙައުލުން ފެނުނު ނަފްސާނީ ބިރުވެރިކަމާއި އަމިއްލަ ނަފްސަށް އިތުބާރު ނެތުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމަކީ، ވިދުންގަދަ މިޔުޒިކީ ދާއިރާއާ ދ…

Loading fresh headlines…