ފްރާންސްގެ ޕޮޑްކާސްޓެއްގައި ޗައިނާގެ ކުރީގެ ލީޑަރު މާއޯ އަށް އަދަބާ ހިލާފުކޮށް މުހާތަބް ކުރި މައްސަލަ ހޫނުވެ ރެއާލް މެޑްރިޑުގެ މެޗުތައް ޗައިނާގައި ނުދައްކަން ނިންމައިފި އެވެ.
ޗައިނާ ސަރުކާރުން ހިންގާ މުގޫ ޓީވީން ދަނީ ސްޕެނިޝް ލީގުގެ މެޗުތައް އެ ގައުމަށް ދައްކަމުންނެވެ. ނަމަވެސް އެމްބާޕޭގެ ވާހަކަތަކާއެކު ރެއާލް މެޑްރިޑްގެ މެޗުތައް ނުދައްކަން ވަނީ ނިންމާފަ އެވެ.
ރެއާލް މެޑްރިޑާއި ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސްގެ ގުޅުން ގޯސްވެފައިވީ ނަމަވެސް މިކަމާ ގުޅިގެން ސްޕެނިޝް ލީގާއި ރެއާލް ވެސް ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި އެކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. މި ގޮތުން ޓެބާސް ވަނީ ކުއްލި ގޮތަކަށް ޗައިނާ ސަފީރާ މަޝްވަރާ ކޮށްފަ އެވެ. އަދި މިކަމާ އިތުރަށް މަޝްވަރާ ކުރަން އޭނާ ވަރަށް އަވަހަށް ޗައިނާ އަށް ވަޑައިގަންނަވާނެ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.ދެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ސްޕެނިޝް ލީގުން މަސައްކަތް ކުރަމުންދަނީ ޗައިނާގެ މާކެޓް ގެއްލިއްޖެނަމަ އެ ލީގަށް ލިބިދާނެ މާލީ ގެއްލުންތަކުން ސަމާލަތް ވުމަށެވެ.
ޗައިނާގެ ގިނަ ބައެއްގެ އިހްތިރާމް ހޯދާފައިވާ މާއޯ އަކީ 1949 އިން އޭނާ އަވަހާރަވަންދެން 1976އާ އަށް އެ ގައުމުގެ ވެރިކަން ކުރެއްވި ލީޑަރެވެ. ޕޮޑްކާސްޓްގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭ، މާއޯ އަށް ނިސްބަތްކޮށް ބުނީ އޭއީ ކޮންމެވެސް މީހެއް ކަމަށާއި އޭނާ އަށް ހީވާގޮތުން އެއީ ޗައިނާގެ ޑިކްޓޭޓަރެއް ކަމަށެވެ.
މި މައްސަލަ ހޫނުވެ ޗައިނާގެ ކުންފުނިތަކުން ވަނީ އެމްބާޕޭއާއެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފަ އެވެ. މިއާއެކު އެމްބާޕޭ އާއި ރެއާލް މެޑްރިޑް ވެސް ވަނީ މިވާހަކަތަކަށް މައާފަށް އެދިފަ އެވެ. ނަމަވެސް އެމްބާޕޭގެ މައާފަށް އެދުމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ގުއޯ ޖައިކުމް ބުނެފައިވަނީ އެކަން ވަރަށް ސީރިއަސްކޮށް ބަދަލުންދާ ކަމަށެވެ. އެކަމަކު ރެއާލް މެޑްރިން މައާފަށް އެދުމުން އެކަން ވަނީ ގަބޫލު ކޮށްފަ އެވެ. ނަމަވެސް އެމްބާޕޭ ކުޅޭތީވެ ރެއާލްގެ މެޗުތައް ދައްކަން ޗައިނާއިން މިހާރު ބޭނުމެއް ނުވެ އެވެ.
އެންމެ ފަހުގެ ދިރާސާތައް ބުނާ ގޮތުން ޗައިނާގައި 2025 ވަނަ އަހަރު ރެއާލް މެޑްރިޑްގެ 97 މިލިއަން ސަޕޯޓަރުން ތިއްބެވެ. އަދި ޗައިނާގެ ކުންފުނިތަކާއި އެ ގައުމުގެ މާކެޓްތައް މެދުވެރިކޮށް ރެއާލް އަށް 200 މިލއަނެއްހާ ޔޫރޯގެ އާމްދަނީ ލިބެމުންދާ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.
އެމްބާޕޭއާ ހެދި ސްޕެނިޝް ލީގަށް ޗައިނާ މާކެޓް ގެއްލެނީ!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed