ކަނޑުމަތިން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 19:19 ހާއިރު ކަމަށާއި، އެކްސިޑެންޓްވުމާއި ގުޅިގެން މެރިން ޕޮލިސް އިން ދަނީ ހަރަކާތްތެރި ވަމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވުމާއި ގުޅިގެން ތުލުސްދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް 5 މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެއިތުރުން ފުލުހުން ބުނީ އެކެއްގެ ފައި ބިންދައިގެންގޮސްފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ.