ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން މިރޭ ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 7:55 ހާއިރު ކަމަށެވެ.

އަދި ދެ މީހަކަށް ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ އަނިޔާވި ދެމީހުންގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.