ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް އިސްލާމީ ޢުޙުއްވަތްތެރިކަމާއި، އެއްގޮތް އުޞޫލުތަކާއި، ބަދަހި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، މި އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވުނު ޒިޔާރަތްތަކަކީ، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ވަރުގަދަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެން ދިޔަކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"
"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"
ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރެއްވުން / ފޮޓޯ: މަޖިލިސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާރިޖީ، ބަރުލަމާނީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރަޙައްދީ ސަލާމަތީ މަޝްރަހާ ގުޅޭގޮތުންނާއި، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާއި އޭގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ސަރަޙައްދީ ސުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަންވެސް ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާއެކުކަން ފާހަގަކުރައްވައި، ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު، ޙަސަން ޒަރީރު ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ، އިސްލާމީ އަޤީދާއާއި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ގާތް ގުޅުމެއް ކަމަށެވެ. އަދި، ދާދިފަހުން އަމަލުކުރަން ފެށުނު މުހިންމު އެއްބަސްވުންތަކާއެކު، ސަފީރުގެ މި ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"
"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"
"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"
"ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި އެއްބާރުލުން ދެމެހެއްޓުން މުހިންމު"