އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިވަޕޫލްއިން ހޯދައިފިއެވެ.
ލިވަޕޫލްއިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭ ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ޗެލްސީއަށް ލިބުނު ޕެލަންޓީ އަކުން މޯގަން ރޮޖާރސްއެވެ.
ނަމަވެސް އޭޣެ ތިން މިނިޓު ފަހުން ލިވަޕޫލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ވެސްލީ ފޮފާނާ ބޯޅައިގައި އަތްލުމުގެ ސަބަބުން ލިވަޕޫލްއަށް ލިބުނު ޕެނަލްޓީއަކުން ކޯޑީ ގެކްޕޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ރީސް ޖޭމްސް އާއި ޖޮއާއޯ ޕެޑްރޯ ކުޅުމާއި ދުރުގައި ތިބިއިރު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޑިފެންޑަރ މެކްސެންސް ލެކްރޮއިސްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ލެވީ ކޮލްވިލް ވަނީ ކުޅެން އަރުވާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ލިވަޕޫލްއަށް ކުރި ލިބުނުއިރު ޗެލްސީގެ ވެލެންޓިން ބާކޯ އާއި އެމޭގާގެ އިތުރުން ވެސްލީ ފޮފާނާ ޖެހި ޕެނަލްޓީތައްވަނީ ނާކާމިޔާބުވެފައެވެ.
ލިވަޕޫލްއިން މި މެޗުގައި ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވެފައިވަނީ ކޮސްޓަސް ސިމިކަސް އަދި ގްރަވެންބަރޗް ޖެހި ޕެނަލްޓީއެވެ.
ލިވަޕޫލް އަތުން ބަލިވެ ޗެލްސީ ކަރަބާއޮ ކަޕުން ކަޓައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed