ޤައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް، "ބަނޑުފިލާ ޗެލެންޖް 2026" އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ނިންމައިފިއެވެ.
ބަނޑުފިލާ ޗެލެންޖަކީ ބޮޑީބޯޑިންގެ ގައުމީ މުބާރާތެވެ. މިއީ ބޮޑީބޯޑިންގެ އެންމެ ޝަރަފުވެރި މުބާރާތްވެސްމެއެވެ.
ގައުމީ މުބާރާތާއެކު، މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ރޭންކިން ކަށަވަރުވެގެންދާނެއެވެ. މި މުބާރާތަކީ ބޮޑީބޯޑިން ލީގުގައި އެންމެ މަތިން ސްކޯ ހޯދޭނެ މުބާރާތެވެ. އެގޮތުން މި މުބާރާތުން 2000 ޕޮއިންޓް ރޭންކިންގައި ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމްބީބީއޭ އިން ބުނީ މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 10-14 އަށް މާލެ ވަރުނުލާ ރާޅުގަނޑުގައި ކަމަށެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރެވޭނެ ކެޓަގަރީތަކަކީ މެންސް އޯޕަން، ވިމެންސް އޯޕަން، ޖޫނިއާ މެންސް، ޑްރޮޕް-ނީ އަދި މާސްޓާސް ކެޓަގަރީއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އަޝްރަފް ހަސަންއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑައައްޔަ) ބަލިކޮށްގެންނެވެ. ފައިނަލުގައި އަޝްރަފް މުޅިއެކު 13.00 ސްކޯކުރިއިރު، ޚުޝްރުވާންއަށް ސްކޯކުރެވުނީ 10.77 ގެ ސްކޯއެކެވެ.
ޖޫނިއާ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ އިޔަން އަހުމަދެވެ. އިޔަން ޖޫނިއާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އަބްދުލް އަހަދު ބަލިކޮށްގެންނެވެ.
މިިދިޔަ އަހަރުގެ ޑްރޮޕް-ނީ ޗެމްޕިއަންކަން ހޯދީ ޚުޝްރުވާންއެވެ. އޭނާ ފައިނަލުގައި ވާދަކުރީ އާމިން އުމަރު މޫސާއާއެވެ.
މި ފަހަރުގެ މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 3 ވަނަ ދުވަހެވެ.
ޤައުމީ ބޮޑީބޯޑިން މުބާރާތް އަންނަ މަހު 10ގައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed