ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން އިންޑޮނީޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް ފުރިއިރު ޓީމާއެކު ނުދެވުނު އަޙްމަދު އައިހަމް އިންޑޮނީޝިއާއަށް ގޮސް ޓީމާ ގުޅިއްޖެއެވެ.
އޮޑި ސްޕޯޓްސް ކުލަބަށް ކުޅެމުންދާ އައިހަމް އަށް، ޤައުމީ ޓީމުން މިމަހުގެ 26ވަނަ ދުވަހު އިންޑޮނީޝިއާއަށް ފުރިއިރު ޓީމާއެކު ދަތުރު ނުކުރެވުނީ އަންހެނުން ވިހަން ތައްޔާރުވެފައި ހުރުމުން އަންހެންނުން ކައިރީ މަޑުކުރަންށެވެ.
“ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން އައިހަމް ބުނީ، އަނބިމީހާ އާއި ދަރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މި ކޭމްޕުގައި ބައިވެރިވެ، ޓީމާއެކު ފަރިތަކުރަން ލިބޭ ފުރުސަތަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށްވެސް އައިހަމް ފާހަގަކުރިއެވެ.
ކޭމްޕުގެ ތެރެއިން ކުޅޭ މެޗުތަކާއިއެކު ވަރަށް ބޮޑު ހިތްވަރެއް ޓީމަށް ލިބިގެންދާނެކަމަށް އައިހަމް ބުނެފައިވެއެވެ.
ރ. އިނގުރައިދޫއަށް އުފަން އުމުރުން 28 އަހަރުގެ އައިހަމް ވަނީ ޤައުމީ ޓީމާއިއެކު ޖުމްލަ 4 މެޗު ކުޅެފައެވެ. އޭގެތެރެއިން ތިން މެޗަކީ މިދިޔަ ފީފާ ބްރޭކުގައި ޤައުމީ ޓީމުން ކުޅުނު މެޗުތަކެވެ.
ސާފަށް ތައްޔާރުވުމަށް ޤައުމީ ޓީމުން އިންޑޮނީޝިއާގެ ޔޮގްޔަކާޓާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕުގައި ބައިވެރިވަނީ 24 ކުޅުންތެރިންނެވެ.
މި ކޭމްޕް ނިންމާ، ޤައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
އައިހަމް ޤައުމީ ޓީމާ ގުޅިއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed