ހުޅުމާލެ 1 ގައި ރެޑްވޭވްގެ އާ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވީ ރީތި ގަސް މަގުގައި ހުންނަ، ރީތި ގަސް ރެޒިޑެންސް އާރް2 ގަ އެވެ. ރެޑްވޭވްގެ ގިނަ ފިހާރަތައް ހުންނަ ގޮތަށް މި ތަން ވެސް
ހުޅުވާފައިވަނީ ޒަރޫރީ ބޭނުންތަކުން ފެށިގެން، ގެއަށް ބޭނުންވާ ކުދި
އިލެކްޓްރޯނިކްސް އެޕްލަޔަންސް އާއި ގޭގައި ގެންގުޅޭ ސާމާނު ވެސް ލިބޭ ގޮތަށެވެ.

ރެޑްވޭވްއިން ހުޅުމާލޭގައި ހުޅުވި ފިހާރައިގެ އެތެރެ.

ރެޑްވޭވްއިން ހުޅުމާލޭގައި ހުޅުވި ފިހާރައިގެ އެތެރެ.

އާ ފިހާރަ ހުޅުވީ، ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަަށް ފަސޭހައިން ހެޔޮ އަގުގައި ވިޔަފާރިކުރެވޭނެ މަގު ތަނަވަސް
ކޮށްދިނުމުގެ ގޮތުންނެވެ. އަދި އެ ތަނަކީ އާއްމުކޮށް
ބޭނުންވާނެ ގިނަ ތަކެތި ލިބެން ހުންނާނެ ތަނެއް ކަމަށާއި އެތަނުން
ވިޔަފާރިކުރުމަށް ފަހު ޑެލިވަރީއަށް ރިކުއެސްޓުކުރުމުން ހުޅުމާލެ ފޭސް އެކަކާއި
ދޭއްގެ ކޮންމެ ތަނަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެޑްވޭވްގެ އާ ފިހާރައިގެ
އެންމެ ހާއްސަ އެއް ސިފަ އަކީ މަތީ ފަންތީގެ ކަސްޓަމަރުންނަށް ވެސް ފަސޭހައިން
ވިޔަފާރިކޮށްލެވޭ ގޮތަށް ގްރޯސަރީއަށް ތިރީ ފްލޯ ހާއްސަކޮށްފައި ހުރުމާއި އެ
ފްލޯގައި ކާޓް ދުއްވާލެވޭނެ ވަރުގެ ޖާގަ ހުރުމެވެ. އެހެންވެ ގިނަ ތަކެތި
އެއްފަހަރާ ގަންނަ ފަރާތްތަކަށް މި ތަނުގައި ވިޔަފާރިކުރަން ފަސޭހަވާނެ ކަން ރެޑްވޭވް އިން ފާހަގަކުރެ އެވެ.

ހުޅުމާލެ ފޭސް 2 ގެ ބްރިޖަށް އަރާ
ދިމާލުގައި މި ފިހާރަ ހުންނާތީ، ފޭސް2 ގައި ދިރިއުޅޭ ފަރާތްތަކަށް ވެސް
ފަސޭހައިން މި ތަނުން ވިޔަފާރިކުރެވޭނެ ކަމަށް ރެޑް ވޭވްގެ އޮފިޝަލް ވިދާޅުވި އެވެ.

ރެޑްވޭވްގައި ވިއްކަން ހުރި ޓީވީތަކެއް

ރެޑްވޭވްގައި ވިއްކަން ހުރި ޓީވީތަކެއް

ރެޑްވޭވްގެ ގިނަ ފިހާރަތަކެއް
މާލެ އާއި ހުޅުމާލޭގައި ހުންނަ އިރު އެ ތަނުގެ އިލެކްޓްރޯނިކްސް ވިއްކަން
ހުންނަ ފިހާރަތަކުގައި 'މެގަ ސޭވް' ނަމުގައި ހާއްސަ ޕޮރޮމޯޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ. އެއީ ޓީވީ، އޭސީ އަދި ފަރުނީޗަރު ފަދަ އައިޓަމްތަކުން ބޮޑު ޑިސްކައުންޓުތަކެއް
ލިބޭ ޕްރޮމޯޝަނެކެވެ.

އޭގެ އިތުރުން އަންނަ ރޯދަ މަހަށް ހާއްސަކޮށް ވެސް އިތުރު ވަރަށް
ބޮޑެތި އިނާމު ތަކެއް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް ރެޑްވޭވް އިން އަންނަނީ ތައްޔާރުވަމުންނެވެ.