24 Nov 2026, 21:35
ސ. ފޭދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ފޭދޫ، ބްލޫސްޓާ ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ ކަރަންޓް ބޯޑެއް ޝޯޓްވެގެން ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުންވި ގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
https://x.com/NDMAmv/status/2125234441656418382
މި އަލިފާނުގެ ހާދިސާގައި ބުލޫ ސްޓާ ގެއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
އެކި އެކި ސަބަބުތައް މެދުވެރިވެ، ހިނގާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ކަމާއި ގުޅުންހުރި އިތުރު އިދާރާތަކާއި ގުޅިގެން އެންޑީއެމްއޭ އިން އަންނަނީ ފޯރުކޮށްދެމުންނެވެ.