ރ. ހުޅުދުއްފާރާއި ފ. މަގޫދޫގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ހުޅުވި ގޮފިތަކެކެވެ.
އަލަށް ހުޅުވި ގޮފިތަކާއެކު މި ސަރުކާރުން ބިނާކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ރ. ރަސްމާދޫ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ލ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިވަނީ ހުޅުވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ހުޅުދުއްފާރާއި މަގޫދޫގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed