Live 357,998 stories Updated Oct 30, 2026
Browse topics All stories

Latest stories

Live feed

2 އަހަރު ތެރޭ އެމްއައިބީގެ "ބިންގާ" ޚިދުމަތަށް ބޮޑު ކާމިޔާބީއެއް

29 Oct 2026, 22:09 މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައާރަފްކުރި "ބިންގާ"ގެ ޚިދުމަތަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. އެމްއައިބީއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން މީގެ ދެ އަހަރުކުރިން ތައާރަފުކުރި "ބިންގާ" އެކައުންޓަކީ ރާއްޖޭގައި ކުޑަކުދިން މާލީގޮތުން އަހުލުވެރިކުރުވުމާއި، ފައިސާ ބެލެހެއްޓުމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި އެކައުންޓެކެވެ. ޝަރީއާގެ ހަމަތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ މި އެ…

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައި، މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިޙާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފަ…

ހިންނަވަރުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޅ. ހިންނަވަރުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކުރެވުނު މަސައްކަތެކެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޅ. ހިންނަވަރު ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް …

އިންޑިއާއިން ތަމްރީނުވާ ދިވެހިންނަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރާ ހަގީގީ ސަފީރުން: އިންޑިއާ ހައި ކޮމިޝަން

29 Oct 2026, 20:55 އިންޑިއާގެ އެކި ޕްރޮގްރާމްތަކުގެ ދަށުން ތަމްރީނު ފުރިހަމަކުރާ ދިވެހިންނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށްދޭ ހަގީގީ ސަފީރުން ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ދުވަސް 2026 ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ޙަފްލާގައި ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ ފަރާތުން ވާހަކަދައްކަވަމުން ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ގޯރަވް ވިދާޅުވީ …

"ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދޭނަން"

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށާއި، މިހާރަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެ އާއްމު މީހާވަނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައެވެ. އެގޮތުން ނުކުޅުދުންތެރިކަ…

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން، 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް އެވ…

ސަރުކާރުން ހުށަހެޅި އިސްލާޙުތަކަކީ ހޯމްސްކޫލިން އިތުރަށް ހަރުދަނާކުރަން ހުށަހެޅި އިސްލާހުތަކެއް: މިނިސްޓަރު

29 Oct 2026, 19:36 މިހާރު އޮތް ތައުލީމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ހޯމްސްކޫލިން އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި އިސްލާހުތަކެއް ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ. ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ޕީއެންސީ ފަރާތުން ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަ…

އިންޑިއާގެ ޓްރިވެންޑްރަމުން ދިވެއްސަކު ގެއްލިގެން ހޯދަނީ

29 Oct 2026, 19:44 އިންޑިއާގެ ޓްރިވެންޑްރަންޑްރަމުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ރ. މީދުއަށް ނިސްބަތްވާ އަލީ އިބްރާހީމް (އައްޔަބެ) ނަމަކަށް ކިޔާ މީހެކެވެ. 'ސަން' އަށް މައުލޫމާތުދެއްވައި މީދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމު ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ރަށުގެ މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވ…

ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ އިންޒާރު ބަލައިނުގަނެވޭނެ ކަމަށް ބުނެ، ޒާތީނުވާން އެމްއެމްބީސީން އެދިއްޖެ

29 Oct 2026, 20:01 އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރައާއި ދެމުންދާ އިންޒާރު ބަލައިނުގަނެވޭނެ ކަމަށް، މީޑިއާތަކުގެ ބެލެނިވެރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ބުނެފިއެވެ. އެމްއެމްބީސީން މިހެން ބުނެ ބަޔާނެއް ނެރުނީ ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލަ ފުލުހަށް ހުށަހަޅައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހު…

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

އީގަލް ހިލްސް ކުންފުނީގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާ ކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ. ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފައިސަލްގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް އެ މަޝްރޫއުގައި ހިމެނޭ އެންމެހާ ކަންކަން ހާމަކުރުމުގެ ބަދަލުގައި، ފޮރުވިފައިވ…

އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ތެލަށް ޚިޔާނާތްތެރިވި ދެ މުވައްޒަފުން 8 އަހަރަށް ޖަލަށްލައި ޖޫރިމަނާކޮށްފި

29 Oct 2026, 20:11 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބެންޖެހޭ 783،100 ލީޓަރުގެ ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ އުފުލާ ބައުޒަރުގެ ޑްރައިވަރު އަށް އަހަރަށް ޖަލަށް ލުމާއެކު، ހަ މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައިގައި ޚިޔާނާތްތެރިވުމާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔެކިއުމެއް އުފެއްދުމުގެ ދައުވާ ކުރީ އެމްޕީއ…

ހުސްކުރަން އެންގި އެއް ފްލެޓުން ފައިސާ ދައްކަން އެއްބަސްވުމުން މައްސަލަ ފައިލްކޮށް އަނެއް ފްލެޓްގެ މައްސަލަ ކޯޓަށް!

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ކުލި ނުދައްކާ މައްސަލާގައި ދެ ފްލެޓެއް ހުސްކުރަން އެންގުމުން އެތަނުން އެއް ފްލެޓަކުން ކުލި ދައްކަން އެއްބަސްވެފައިވާ ކަމަށާއި އެކަމަކު އަނެއް ފްލެޓުގެ ވެރިފަރާތުން ކުލި ދައްކަން ދެކޮޅު ހެދުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާތީ ދެ ފްލެޓެއްގެ "ޕޯޓަލް އެކްސެސް" ކަނޑާލައި އެ ދެ ފްލެޓް ހުސްކުރަން އެންގީ މިމަހުގެ 14 ގަ އެވެ. …

Loading fresh headlines…