Live 358,199 stories Updated Oct 28, 2026
Browse topics All stories

Latest stories

Live feed

ރަޝިއާގެ މަގާމުތައް ވަށާލައި ޔޫކްރެއިނުން ހަނގުރާމާގައި ކުރިއެރުންތަކެއް ހޯދައިފި

ޔޫކްރެއިނުގެ އިރުއުތުރު ޚާރްކީވް ސަރަހައްދުގެ ކޫޕިޔާންސްކް ކައިރީގައި، ބިމުގެ އަޑީގައިވާ ގޭސް ހޮޅިތައް ބޭނުންކޮށްގެން ރަޝިއާގެ ސިފައިން ވަށައިލުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮދޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. 'ވެލެސް' ގެ ނަމުގައި ހިންގި މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިއާ ސިފައިން ކުރިއަރަން އުޅުނު ނަމަވެސް، "އަޅުގަނޑުމެންގެ ފައުޖުތަކުން ވަނީ މި އުކުޅު [ކުރިން ރަޝިއާ ސިފައިން ބޭނުންކޮށްފައިވާ އުކުޅު] ރަޝިއާއާ ދެކ…

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކޮށްފި

28 Oct 2026, 12:17 ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުންތަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައި…

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި އާއްމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މާދަމާ 01:30ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިޢުލާންކުރައްވާފައެވެ. ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ދައުލަތުގެ ބަޖެޓ…

ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކުދިންނަށް 1،000ރ. ދެނީ

ހއ. ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000ރ. ދޭން އެ ރަށު އަންހެނުންގެ ކޮމެޓީން ނިންމައިފި އެވެ. އެ ރަށު ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މާދަމާގެ ނިޔަލަށް ނަން ނޯޓުކުރެވޭނެ ކަމަށެވެ. މިހާތަނަށް 20 ކުއްޖަކު ނަން ނޯޓު ކޮށްފައިވެ އެވެ. އެ ކޮމެޓީގެ ގަވައިދުގައި ބުނީ ޕްރޮގްރާމްގައި ބައިވެރިވެ ހިތުދަސްކުރާ ކުދިން ގުރުއާން ކިޔުއްވުން އޮންނާނ…

އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުންވެސް ފާސްކޮށްފި

އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ނިންމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.އެ ނިންމުމަށް ބުދަ ދުވަހު ވޯޓަށް އަހާފައިވާއިރު، 40 މެންބަރުންގެ އަޣުލަބިއްޔަތުން އެ…

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި

ސިވިލް ސަރވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އެންގުމަށްފަހު، އެ ނިންމުން ތަންފީޒުކުރުން ތިން ގަޑިއިރު ވެސް ނުވަނީސް ނޭޝަނަލް ޕޭ ކޮމިޝަނުން މަޑުޖައްސާލައިފި އެވެ.މި ނިންމުމާ ގުޅިގެން ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.މިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ދައުލަތުގެ މުސާރައިގެ ސ…

އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އޭގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީވުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ ޖިނާއ…

ހަނގުރާމައިގެ ހަރަދު 47 ބިލިޔަނަށް އަރައިފި: ޕެންޓަގަން

އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައަށް އެމެރިކާ އަސްކަރިއްޔާއިން މިހާތަނަށް 47 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފައިވާ ކަން ޕެންޓަގަންގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ، ޖުލައި މަހު ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ލަފާކުރެއްވި 37.5 ބިލިޔަން ޑޮލަރަށް ވުރެ %25 އިތުރު ޢަދަދެކެވެ. މި މަޢުލޫމާތާ ގުޅޭގޮތުން ޕެންޓަގަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފެބުރުވަރީ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީންނާ ގުޅިގެން މި ހަނގުރާމަ ފެށްޓެވީ ކުރު މުއްދަތަކަށް ދެމިގެންދާނެ ކ…

ރިސޯޓުތަކުގައި 1.2 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 1.2 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.މިއީ ރާއްޖެއައި ފަތުރުވެރިންގެ %74އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން ރިސޯޓުތަކުގައި 1,282,773 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރިސޯ…

ފޯރަމުން ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ: ވަޒީރު ސަޢީދު

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ސަބަބުން ތަރައްޤީގެ އިސްކަންދޭ ދާއިރާތަކުގައި އެކަންކަން ބޭނުންކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކޮށް، ވިޔަފާރީގެ އަމަލީ ފުރުސަތައް މަގުފަހިކޮށްދޭނެކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިފަދައިން ވިދާޅުވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހި…

ގައުމީ ވޮލީ ލީގުގެ އަންހެން ޗެމްޕިއަންކަން ވެމްކޯއަށް، ފިރިހެން ގައުމީ މުބާރާތުގެ ތަށި ޕޮލިހަށް!

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ. ގައުމީ ލީގުގެ އަންހެން ޑިވިޝަނުގެ ފަހު މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅެ ވެމްކޯއިން ތަށި ނެގީ 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓް 25-22 އިން ޕޮލިސް ކްލަބުން ގެންގޮސްފައިވަނިކޮށް، ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ދެން ވިދިވިދިގެން ތިން ސެޓް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-19، 25-22 އަދި 25-19 އިންނެވެ. އަންހެން ޑިވިޝަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރ…

"ދެ ގައުމުގެ އިތުބާރުގެ މައްޗަށް ބިނާކޮށް އިގްތިސާދީ އެއްބާރުލުން ފުޅާކުރަންޖެހޭ"

ރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ގާތް، ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ، އިތުބާރު ހުރި ގުޅެއް ކަމަށާއި އެ އިތުބާރުގެ މައްޗަށް ބިނާކޮށް، ހުރިހާ ގޮތަކުން އިގްތިޞާދީ އެއްބާރުލުން ފުޅާކުރަންޖެހޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. "ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައި ވާހަކަދައްކަވަމުން ސަފީރު ވަނީ ރާއްޖެއާއި ޗައިނާގެ ގުޅުން އައު ހަރުފަތަކަށް ގެންދަންޖެހޭކަން ފާހަގަކުރައްވާފައެވެ. މި ފ…

Loading fresh headlines…