Live 358,201 stories Updated Oct 28, 2026
Browse topics All stories

Latest stories

Live feed

ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ފަށައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފަށައިފިއެވެ. މިއީ މި ކޮންފަރެންސް ބާއްވާ 3 ވަނަ އަހަރެވެ. އިިންތަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކްއަކީ، މާލީ އަދި އިޖުތިމާޢީ ނާޒުކު ޙާލަތްތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި، ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ޒަކާތުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، އިޤުތިޞާދީ މާހިރުންނާ…

ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި

ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފިއެވެ. މި ފޯރަމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ފޯރަމްގައި 100އަށްވުރެ ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޗައިނާގެ 40އަށްވުރެ ގިނަ ކުންފުނިން ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ 5 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އ…

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީން ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެ ގަރާރެއް

28 Oct 2026, 09:53 ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށާއި، އެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައިވަނީ، އެންޓި-ކޮ…

ކްރޫޒްލައިނާއަކުން 1،473 އަށްވުރެ ގިނަ ފަތުރުވެރިން

ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ. މި ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ. މިއީ އިންޑިއާގެ "އެމްއެސް ކޯޑީލިއާ އެމްޕްރެސް" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ އިންޑީގެ ކޮޗިންއިންނެވެ. މި ކްރޫޒްލައިނާއިން ރާއްޖެ އައި 1،473 ފަތުރުވެރިންނާއި އަދި 613 ކްރޫ މެންބަރުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. ކޯޑީލިއާ ކްރޫޒްއަކީ އިންޑިއާގެ ކުންފުންޏެއްގެ ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައި…

ބާރަށު ވަށައިގެން އޮންނަ ބޮޑު މަގު ތަރައްޤީކުރަނީ

ހއ. ބާރަށު ވަށައިގެން އޮންނަ ބޮޑު މަގަކަކީ މީގެ 18 ވަރަކަށް އަހަރު ކުރިން ސާފުކޮށް ވެލި މަގެއްހެން ހަދާފައިވާ މަގެކެވެ. އެއީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ދިގު މަގެކެވެ. ވެލި މަގެއްގެ ގޮތުގައި އޮތް މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އެރަށުގެ ރައްޔިތުންގެ އެދުމަކަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް މިއަހަރުގެ ކުރީކޮޅު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފައެވެ. ބާރަށަކީ 1000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރަށް …

ޔަހޫދީންގެ އިންތިހާބު: އެއްވެސް ކޮޅަކަށް ސާފު އައުލަބިއްޔަތެއް ނުލިބޭ

ޔަހޫދީންގެ ބަރުލަމާނީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވާ ކަން، ވޯޓުލުމަށްފަހު ނެގި އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފެކްޝަނަށާއި، އޭނާއާ އެންމެ ވާދަވެރި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓްގެ އިއްތިޙާދަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑިއެވެ. ޖުމުލަ 120 ގޮނޑި ހިމެނޭ މަޖިލީހުގައި ސަރުކާރެއް އެކުލަވައިލުމަށް 61 ގޮނޑި ބޭނުންވާއިރު، 18 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޢަރަބި ޕާޓީތަކަށް ވ…

ޤައުމު ދޫކޮށް ނުދާނެ ކަމަށް ވިދާޅުވި ފްލާވިއޯ ކޯޓު އަމުރާ ހިލާފަށް ފްލޮރިޑާއަށް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމާ ގުޅިގެން، އެ ޤައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ޤައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގަންނަވައިފިއެވެ. ވާތުފިޔައިގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާ ވާދަކޮށް ބަލިވިކަން ރަސްމީކޮށް ޤަބޫލުކުރައްވާފައި ނުވާ ފްލާވިއޯ، އަނބިކަނބަލުންނާއި ދެ ދަރިކަނބަލުންނާއެކު ފްލޮރިޑާއަށް ވަޑައިގަންނަވާފައި ވަނީ މަނީ ލޯންޑަރިންގެ ތަޙުޤީޤަކާ ގުޅިގެން ޕާސްޕޯޓު ޙަވާލުކުރަން ސުޕްރީމް ކޯޓުން ކުރި އަމުރަށް ދެކޮޅުހެއްދެވުމަށް ފަ…

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވިކަމަށް ބެލެވެނީ ކަރަންޓު ޝޯޓުވެގެން: ވެރިފަރާތް

ށ. ފުނަދޫގައި ހިންގާ ޕެޓްރޯލް ޝެޑުގައި މިދިޔަ އާދިއްތަ ދުވަހު ރޯވި ކަމަށް ބެލެވެނީ ކަރަންޓު ޝޯޓުވެގެން ކަމަށް އެ ތަނުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ. އެ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑްގައި ހެނދުނު 7 ޖަހާކަށްހާއިރު ރޯވި އަލިފާންގަނޑު ފެތުރި މީހުން ދިރިއުޅޭ ގެއަކަށާއި ތިން ގަރާޖަކަށް އަދި ސައިކަލަކަށް ވަނީ ގެއްލުންވެފަ އެވެ. 'ފަތްމިނި' ޕެޓްރޯލް ޝެޑު ހިންގާ މުހައްމަދު ވިޝާލް "މިހާރު" އަށް ބުނީ ފުލުހުން މިހާތަނަށް ބެލި ބެލުމަށް ފަހު ވެސް، އެ ތަނުގައި ރޯވީ ޑީބޯޑުގައި ކަރަންޓު ޝޯޓުވެގެން ކަމ…

ސަރުކާރުގެ 2040ގެ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު

2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. އެމަނިކުފާނު މި ދައުވަތު ދެއްވީ "ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައ…

ދިރާގު އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކޮށްފި

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެލީޓްކްލަބްގެ ޕާޓްނަރުންނާ އެކު ހާއްސަ އިވެންޓެއް ބާއްވައިފިއެވެ. ދުސިތުޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި ބޭއްވި އެ ހަފްލާގައި ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދީފަ އެވެ. އަދި، އެ އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވައިފައި ހުރި ހާއްސަ ކަންތައްތައް ވަނީ ޕާޓްނަރުންނާ ހިއްސާކޮށްފަ އެވެ. ދިރ…

ތަސްކީން 17

28 Oct 2026, 08:44 "މީ... އަހަންނަށް އެނގޭ އޭނަ އިށީނީމަ ޒަރޫން ދާނީ ކޮފީ ތަށި ބަހައްޓާފަކަން. އިއްޔެ ވެސް، އެ ޖެހުނީ ޑަސްބިނަށް އަޅައިލަން. އެހެންވެ...ވަޓް އަ ވޭސްޓް އިޓް ވޯޒް. އެހާ އަގު ބޮޑު ވާނެ އަދި.... " ދެން ހަދަންވި ގޮތެއް ނޭނގިފައި އިން ނަހާއަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ފަދައެވެ. ވަކި ހިސާބަކުން ބުނެވުނު އެތި ރޭކާލީ ފަދައަކުން، މަޑުޖެހެވުނެވެ. ނަހާއަށް ބަލަން އިން ޒަރޫންގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައެވެ. "އަހަރެން އެކަނިތަ ކޮފީ ވޭސްޓްކުރަނ…

ޓައިގާގެ ކާރަށް ދިން ބަޑީގެ ހަމަލާގައި 11 މީހަކު ހައްޔަރުކޮށް، ގޭންގް ކުށްތަކާބެހޭ ހަރުކަށި ޤާނޫނު ހިންގައިފި

28 Oct 2026, 08:49 ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން މައްސަލައިގައި، މަހާރާޝްޓްރާގެ ކުށްތައް ހުއްޓުވުމުގެ ހަރުކަށި ގާނޫނު ކަމަށްވާ "އެމްސީއޯސީއޭ"ގެ ދަށުން ފިޔަވަޅު އަޅައި، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފިއެވެ. ޕީޓީއައި ނިއުސް އެޖެންސީއާ ހަވާލާދީ އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުގެ ރަސްމީ ހުއްދައާއެކު މި ގާނޫނުގެ މާއްދާތައް މައްސަލައިގެ ތެރެއަށް އިތުރުކުރަން މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ ނިންމާފައެވެ. މި …

Loading fresh headlines…