Live 358,220 stories Updated Oct 28, 2026
Browse topics All stories

Latest stories

Live feed

ޔަހޫދީންގެ އިންތިހާބު: އެއްވެސް ކޮޅަކަށް ސާފު އައުލަބިއްޔަތެއް ނުލިބޭ

ޔަހޫދީންގެ ބަރުލަމާނީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވާ ކަން، ވޯޓުލުމަށްފަހު ނެގި އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފެކްޝަނަށާއި، އޭނާއާ އެންމެ ވާދަވެރި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓްގެ އިއްތިޙާދަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑިއެވެ. ޖުމުލަ 120 ގޮނޑި ހިމެނޭ މަޖިލީހުގައި ސަރުކާރެއް އެކުލަވައިލުމަށް 61 ގޮނޑި ބޭނުންވާއިރު، 18 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޢަރަބި ޕާޓީތަކަށް ވ…

ޤައުމު ދޫކޮށް ނުދާނެ ކަމަށް ވިދާޅުވި ފްލާވިއޯ ކޯޓު އަމުރާ ހިލާފަށް ފްލޮރިޑާއަށް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމާ ގުޅިގެން، އެ ޤައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ޤައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގަންނަވައިފިއެވެ. ވާތުފިޔައިގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާ ވާދަކޮށް ބަލިވިކަން ރަސްމީކޮށް ޤަބޫލުކުރައްވާފައި ނުވާ ފްލާވިއޯ، އަނބިކަނބަލުންނާއި ދެ ދަރިކަނބަލުންނާއެކު ފްލޮރިޑާއަށް ވަޑައިގަންނަވާފައި ވަނީ މަނީ ލޯންޑަރިންގެ ތަޙުޤީޤަކާ ގުޅިގެން ޕާސްޕޯޓު ޙަވާލުކުރަން ސުޕްރީމް ކޯޓުން ކުރި އަމުރަށް ދެކޮޅުހެއްދެވުމަށް ފަ…

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވިކަމަށް ބެލެވެނީ ކަރަންޓު ޝޯޓުވެގެން: ވެރިފަރާތް

ށ. ފުނަދޫގައި ހިންގާ ޕެޓްރޯލް ޝެޑުގައި މިދިޔަ އާދިއްތަ ދުވަހު ރޯވި ކަމަށް ބެލެވެނީ ކަރަންޓު ޝޯޓުވެގެން ކަމަށް އެ ތަނުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ. އެ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑްގައި ހެނދުނު 7 ޖަހާކަށްހާއިރު ރޯވި އަލިފާންގަނޑު ފެތުރި މީހުން ދިރިއުޅޭ ގެއަކަށާއި ތިން ގަރާޖަކަށް އަދި ސައިކަލަކަށް ވަނީ ގެއްލުންވެފަ އެވެ. 'ފަތްމިނި' ޕެޓްރޯލް ޝެޑު ހިންގާ މުހައްމަދު ވިޝާލް "މިހާރު" އަށް ބުނީ ފުލުހުން މިހާތަނަށް ބެލި ބެލުމަށް ފަހު ވެސް، އެ ތަނުގައި ރޯވީ ޑީބޯޑުގައި ކަރަންޓު ޝޯޓުވެގެން ކަމ…

ސަރުކާރުގެ 2040ގެ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު

2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. އެމަނިކުފާނު މި ދައުވަތު ދެއްވީ "ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައ…

ދިރާގު އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކޮށްފި

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެލީޓްކްލަބްގެ ޕާޓްނަރުންނާ އެކު ހާއްސަ އިވެންޓެއް ބާއްވައިފިއެވެ. ދުސިތުޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި ބޭއްވި އެ ހަފްލާގައި ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދީފަ އެވެ. އަދި، އެ އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވައިފައި ހުރި ހާއްސަ ކަންތައްތައް ވަނީ ޕާޓްނަރުންނާ ހިއްސާކޮށްފަ އެވެ. ދިރ…

ތަސްކީން 17

28 Oct 2026, 08:44 "މީ... އަހަންނަށް އެނގޭ އޭނަ އިށީނީމަ ޒަރޫން ދާނީ ކޮފީ ތަށި ބަހައްޓާފަކަން. އިއްޔެ ވެސް، އެ ޖެހުނީ ޑަސްބިނަށް އަޅައިލަން. އެހެންވެ...ވަޓް އަ ވޭސްޓް އިޓް ވޯޒް. އެހާ އަގު ބޮޑު ވާނެ އަދި.... " ދެން ހަދަންވި ގޮތެއް ނޭނގިފައި އިން ނަހާއަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ފަދައެވެ. ވަކި ހިސާބަކުން ބުނެވުނު އެތި ރޭކާލީ ފަދައަކުން، މަޑުޖެހެވުނެވެ. ނަހާއަށް ބަލަން އިން ޒަރޫންގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައެވެ. "އަހަރެން އެކަނިތަ ކޮފީ ވޭސްޓްކުރަނ…

ޓައިގާގެ ކާރަށް ދިން ބަޑީގެ ހަމަލާގައި 11 މީހަކު ހައްޔަރުކޮށް، ގޭންގް ކުށްތަކާބެހޭ ހަރުކަށި ޤާނޫނު ހިންގައިފި

28 Oct 2026, 08:49 ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން މައްސަލައިގައި، މަހާރާޝްޓްރާގެ ކުށްތައް ހުއްޓުވުމުގެ ހަރުކަށި ގާނޫނު ކަމަށްވާ "އެމްސީއޯސީއޭ"ގެ ދަށުން ފިޔަވަޅު އަޅައި، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފިއެވެ. ޕީޓީއައި ނިއުސް އެޖެންސީއާ ހަވާލާދީ އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުގެ ރަސްމީ ހުއްދައާއެކު މި ގާނޫނުގެ މާއްދާތައް މައްސަލައިގެ ތެރެއަށް އިތުރުކުރަން މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ ނިންމާފައެވެ. މި …

30 އަހަރުވީއިރު ހަނަފަސްކޮށްލާފައި އޮތް ބޮޑު ރަށް، މި ބަދަލުކުރަނީ މިލިއަން ޑޮލަރުގެ މަންޒިލަކަށް!

28 Oct 2026, 08:57 އަބޫދާބީ ކޯނިޗް ކައިރީގައި، ސިޓީގެ އުސް އިމާރާތްތަކުގެ މަންޒަރު ފެންނަ ހިސާބުގައި "ލޫލޫ އައިލެންޑް" ކިޔާ ބޮޑު ރަށެއް އޮވެއެވެ. ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރާއި ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރާ ދެމެދު ހިއްކައިގެން އުފެއްދި 400 ހެކްޓަރުގެ މި ބޮޑު ރަށް އަސްލު ހިއްކީ މާ ބޮޑު ތަސައްވުރެއް އޮވެގެން، މާ ބޮޑު ތަނެއް ތަރައްގީ ކުރާކަށެއް ނޫނެވެ. ގޮނޑުދޮށް ރައްކާތެރިކުރުމަށް ހެދި ބްރޭކްވޯޓާއެއްގެ ގޮތުގައެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ރަށް އޮތީ އެއްވެސް ތަރައްގ…

ތަޣައްޔަރުވެފައިވާ ވައިގެ ނުރައްކާ ފުއްޕާމެއިން ފެށިގެން ގުރުދާއާ ހަމައަށް: ހަށިގަނޑު ސަލާމަތްކުރާނީ ކިހިނެއް؟

28 Oct 2026, 09:04 ޖައްވު ނުސާފުވެ ދުންފިނީގެ އަސަރު ގަދަވާ ދުވަސްވަރު އާންމުކޮށް ވިސްނެނީ ނޭވާލާ ނިޒާމަށް ލިބިދާނެ ގެއްލުމަކަށެވެ. ކެއްސުމާއި، ނޭވާ ކުރުވުމާއި، ނޭވާ ހިއްލުން ފަދަ އުނދަގޫތަކުން ރައްކާތެރިވުމަށް މާސްކު އަޅައި އެއާ ޕިއުރިފަޔާތައް ބޭނުންކުރަން ފެށި ނަމަވެސް، މި ނުރައްކާ ހަމައެކަނި މޭމައްޗާ ހަމައިން ނިމެނީއެއް ނޫނެވެ. ޞިއްޙީ މާހިރުންގެ ހޯދުންތަކުން މިހާރު ސާބިތުވާ ގޮތުގައި، ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައި ހުންނަ ލޮލަށް ނުފެންނަހާ ކުދި ވިހަ މާއްދާތައް ފުއްޕާމޭ ފޫއަޅުވާލުމަށްފަހު ހ…

'ކިންގް'ގެ ޕޯސްޓަރާއެކު، ކޮޕީ ކުރުމާ މެދު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް

28 Oct 2026, 09:14 ބޮލީވުޑްގެ 'ކިންގް'ގެ ލަގަބު ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު 'ކިންގް'ގެ އައު ޕޯސްޓަރު އިއްޔެ އާންމުކުރުމާއެކު، ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށި، އާންމުންގެ ސަމާލުކަން އެއްކޮށް އެއަށް ހުއްޓިއްޖެއެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ ޕޯސްޓަރު ފެނިގެންދިޔަ ގޮތުން ގިނަ ބަޔަކު ވަނީ، މިއީ އެކްޓަރު ރަންވީރު ސިންގްގެ ކާމިޔާބު ފިލްމު 'ދުރަންދަރް: ދަ ރިވެންޖް'ގެ ޕޯސްޓަރާ އެއްގޮތްކޮށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ ސުވާލު އުފައް…

ސްޓާ ޓްރެކްގެ މަޝްހޫރު ތަރި ވޯލްޓާ ކޮއެނިގް އުމުރުން 90 އަހަރުގައި މަރުވެއްޖެ

28 Oct 2026, 09:16 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ސައިންސް-ފިކްޝަން ސީރީޒް "ސްޓާ ޓްރެކް"ގައި ރަޝިޔާގެ ފަޅުވެރިއެއް ކަމަށްވާ ޕަވެލް ޗެކޯވްގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި އެމެރިކާގެ ތަޖުރިބާކާރު އެކްޓަރު ވޯލްޓާ ކޮއެނިގް، އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ ތަރުޖަމާނު ބީބީސީއަށް ދިން ބަޔާނެއްގައި ކަށަވަރުކޮށްދިން ގޮތުގައި، ކޮއެނިގް މަރުވީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ނޯތު ހޮލީވުޑްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި، އާއިލާގެ ގާތް މީހުންގެ ހާޒިރުގައެވެ.…

އިންޑިއާއިން ފޭބުމަށް އިމްރާނަށް އެންގި އެންގުމަށް ބޮމްބޭ ހައިކޯޓުން ވަގުތީ ލުޔެއް ދީފި

28 Oct 2026, 09:18 އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާނާ ދެކޮޅަށް އެއްވެސް މަޖުބޫރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން އިންޑިއާގެ މަރުކަޒީ ސަރުކާރުން ދިނުމާ ގުޅިގެން، އިންޑިއާއިން ފޭބުމަށް އޭނާއަށް އަންގާފައިވާ އެންގުން ތަންފީޒުކުރުން ބޮމްބޭ ހައިކޯޓުން ވަގުތީ ގޮތުން ފަސްކޮށްފިއެވެ. މުމްބާއީ ފުލުހުން ނެރުނު މި އެންގުމާ ދެކޮޅަށް އިމްރާން ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަސްކޮށްދެއްވީ، ޗީފް ޖަސްޓިސް މަހޭޝް ޗަންދުރާ ތުރިޕާ ތީ އާއި ޖަސްޓިސް އަދްވައިތު ސޭތު…

Loading fresh headlines…