Live 358,237 stories Updated Oct 28, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމައާ ގުޅޭގޮތުން ޤަޠަރުގެ އަމީރާއި އީރާނުގެ ރައީސްގެ މަޝްވަރާ މޮސްކޯގައި

މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އައްޘާނީއާއި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން މަޝްވަރާ ކުރައްވައިފިއެވެ. ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ ގޭސް އެކްސްޕޯޓިންގ ކަންޓްރީޒް ފޯރަމް (ޖީއީސީއެފް)ގެ 8ވަނަ ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ ޙާލަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ. އެ ގޮތުން މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި ހުރްމުޒް ކަނޑުއޮ…

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ) ކަރުނައިގެ މުތީތައް ބަބުޅަމުންދިޔަ ދެލޮލުން އާދަނަށް ބަލައިލިއެވެ. އެ ލޮލުން ކަރުނަ ފުހެދިނުމަށް ޓަކައި އާދަނު ނުކުރާނެ ކަމެއް ނޯންނާނެއެވެ. އާދަނު ހިތަށް އެރިއެވެ. ބުނެފާނަމެވެ. އާގުބޯޓު ކައިރިއަށް އާދަނު ދިޔައީ ކީއްކުރަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަފީޒާއަށެވެ. "ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް ތި ދިނީ،" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "ހިތަށް އަރާ އެހެން އެންމެންނާ އެކީގަ އާދަނު ވެސް މާލެފޮނުވައިލަންވީއޭ. އަށިގެއަށޭ ލާންވީ. އާދަނު އޮންނަންވީ ތަނަކީ ހަމަ އެއީއޭ. އާދަނު އ…

ސިފައިން ބަލިކޮށް 7 އަހަރު ފަހުން ޕޮލިހަށް ތަށްޓެއް

ގައުމީ ވޮލީބޯޅަ ލީގުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ޕޮލިސް ކުލަބުން ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ވޮލީ ސީޒަނުގެ މުބާރާތަކުން ޗެމްޕިއަންކަން ހޯދައިފިއެވެ. ޕޮލިސް ކުލަބަށް އެންމެ ފަހުން ހޯދުނު ކާމިޔާބީއަކީ 2019 ވަނަ އަހަރުގެ ގައުމީ ލީގެވެ. އޭގެ ފަހުން ވޭތުވެދިޔަ ހަތް އަހަރު އެ ޓީމަށް ވޮލީ ސީޒަނުގެ ބޮޑު ތިން މުބާރާތުގައި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ގައުމީ މުބާރާތުގެ ފައިނަލް ކުރިން ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އ…

އިދިކޮޅު ފަރާތްތަކުން ނަތަންޔާހޫގެ މައްޗަށް ކުރި ހޯދައިފި، އެކަމަކު އަޣްލަބިއްޔަތު ލިބޭ ވަރެއް ނުވި

ގުދުސް (އޮކްޓޯބަރު 28، 2026) - ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުގައި ބޭއްވި ފުރަތަމަ އިންތިހާބުގައި، ފަހުގެ ތާރީހެއްގައި ވޯޓުލާން ނުކުތް އެންމެ ގިނަ މީހުންގެ ވޯޓުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުޑަ ކުރިއެރުމެއް ހޯދައިފި ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ. ނަމަވެސް، ސަރުކާރެއް އެކުލަވާލެވޭނެ އަޣުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ނުލިބޭ ކަމަށް މި ނަތީޖާއިން ދައްކަ އެވެ. އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކު…

އިޒްރޭލުގެ އިންތިހާބުން އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބި އޮޅުންބޮޅުންވެއްޖެ

އިޒްރޭލުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެއްވެސް ސިޔާސީ ބްލޮކަކަށް ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އަޣުލަބިއްޔަތު ނުލިބި، ގައުމުގެ ސިޔާސީ މަސްރަހު ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ. އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ނެސެޓްގެ 120 ގޮނޑީގެ ތެރެއިން ސަރުކާރެއް އެކުލަވައިލުމަށް މަދުވެގެން 61 ގޮނޑި ބޭނުންވާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަނަށާއި، އަދި އިދިކޮޅު ލީޑަރު ގާދީ އައިސެންކޮޓް އިސްވެ ހުރި "ޗޭންޖް ބްލޮކް" އަށް ވެސ…

އެޕަލްއިން އެމް6 ޗިޕާއެކު މެކްބުކް ޕްރޯއާއި އައިމެކް ނެރެފި

27 Oct 2026, 23:29 އެޕަލް ކުންފުނީގެ އެންމެ ފަހުގެ އެމް6 ޗިޕް ހިމަނައިގެން ތައްޔާރުކޮށްފައިވާ 14 އިންޗީގެ މެކްބުކް ޕްރޯ އާއި އައިމެކް އެ ކުންފުނިން އިއްޔެ އާންމުކޮށް ދައްކާލައިފިއެވެ. އެޕަލް އިން ބުނި ގޮތުގައި މި އާ އުފެއްދުންތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މަސައްކަތްތައް ސީދާ ޑިވައިސް ތެރޭގައި މާ އަވަހަށް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ. އަލަށް ނެރުނު 14 އިންޗީގެ މެކްބުކް ޕްރޯގެ އަގު 1,999 އެމެރިކާ ޑޮލަރުން ފެށޭއިރު، އައިމެކްގެ އަގު ފެށެނީ 1,499 ޑޮލަރުންނެވެ. މި ދ…

ވޮއްމުލި ބަލިކޮށް ރިސޯޓު ސުޕަ ލީގުގެ ފައިނަލަށް ސަން ސިޔާމް އޮޅުވެލި

27 Oct 2026, 23:33 ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ރިސޯޓު ސުޕަ ލީގުގެ ސެމީ ފައިނަލުގައި ސެއިންޓް ރީޖަސް ވޮއްމުލި ބަލިކޮށް މުބާރާތުގެ ފައިނަލަށް ސައުތު މާލެ ޒޯނުގެ ޗެމްޕިއަން ސަން ސިޔާމު އޮޅުވެލި ދަތުރުކޮށްފިއެވެ. އޮޅުވެލީގައި ކުޅުނު ސެމީ ފައިނަލް މެޗު ވޮއްމުއްޔާ ވާދަކޮށް އެ ޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ވޮއްމުލިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި ވޮއްމ…

އައު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ކަމަށް ޝަފްނީޒް އައްޔަންކޮށްފި

27 Oct 2026, 23:46 އައު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އަޙްމަދު ޝަފްނީޒް މިއަދު އައްޔަންކޮށްފިއެވެ. މީރާ އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ، ޝަފްނީޒް މިއަދު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކޮށްފައިވާތީ އޭނާ އަށް މަރުހަބާ ކިޔައިފައެވެ. ޝަފްނީޒް ވަނީ މީގެ ކުރިން މީރާގެ އެޑްމިން އަދި ފައިނޭންސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރައްވައިފައެވެ. ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ފާޠިމަތު އަމީޒާ ޓެކްސް ކޮމިޝަނަރުކަމަށް މިދިޔަ ޖުލަ…

ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ގައުމީ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް

27 Oct 2026, 23:46 ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކުލަބުން މުބާރާތް ކާމިޔާބުކޮށްފިއެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މިމެޗުގެ ސެޓުތައް، ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 11-25، 18-25 އަދި 20-25 އިންނެވެ. މުބާރާތުގެ ފައިނަލް މެޗު، ޕޮލިސް ކުލަބުން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވާއިރު، މިއީ ގައުމީ ވޮލީބޯލް ލީގުވެސް ހިމެނޭ ގޮތަށް ސިފައިންގެ ކުލަބުގެ ހަމައެކަނި ބައްޔެވެ. ލީގުގައި މި ދެޓީމު ބައްދަލުކުރި …

ސަޢޫދީގެ ތެޔޮ ރިފައިނަރީއަކަށް ހަމަލާ ދީފައިވާކަމަށް ޙޫޘީން ބުނެފި

ސަޢުދީ ޢަރަބިއްޔާގެ ރައުސު ތަނޫރާ ތެޔޮ ރިފައިނަރީއަށް ހަމަލާ ދީފައިވާ ކަމަށް ޔަމަނުގެ ޙޫޘީން ބުނެފިއެވެ. ރައުސު ތަނޫރާ ތެޔޮ ރިފައިނަރީއަކީ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީއެވެ. ޙޫޘީން ބުނީ އެ ރިފައިނަރީއަށް ދީފައިވަނީ ބެލިސްޓިކް މިސައިލް ހަމަލާއެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި ރައުސު ތަނޫރާގެ ޓާމިނަލެއްގައި ރޯވެފައިވާ އަލިފާންގަނޑެއް އިތުރަށް ފެތުރުން ސަޢުދީ ޢަރަބިއްޔާއިން މިހާރު ވަނީ ހުއްޓުވައިފައެވެ. ބެލެވޭ ގޮތުގައި މިއީ ހަމަލާއާ ގުޅުންހުރި އަލިފާންގަނޑެކެވެ. އޭގެ އިތުރުން ސަޢ…

ތޫފާން އަރްނަބްގެ ސަބަބުން ވެސްޓް ބެންގަލްއަށް ބޮޑެތި ގެއްލުންތަކެއް

އިންޑިއާގެ ވެސްޓް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން އަރްނަބްގެ ސަބަބުން އެ ސްޓޭޓުގެ އެކި ސަރަޙައްދުތަކުގައި ގަސްތަކާއި ކަރަންޓު ހޮޅިތައް ވެއްޓި، މަގުތަކުގައި ދަތުރުކުރުމަށް ވަރަށް ބޮޑަށް ދަތިވެއްޖެއެވެ. ތޫފާނުގެ އަސަރު އެެންމެ ބޮޑަށް ކުރަމުންދަނީ ވެސްޓް މިޑްނަޕޫރުގެ ދަންތަންއާއި ބެލްޑާއަށެވެ. ވައިގަދަވުމުގެ ސަބަބުން ބެލްޑާގައި އޮޓޯއެއް ވެސް ފުރޮޅާލައި އެކޮޅުކޮޅުން ޖަހާލާފައިވާ ކަމަށާއި، ބެލްޑާ ސްޕެޝަލްޓީ ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުރި ބިޔަ ގަސްތައް ވެސް ވެއްޓިފައިވާ ކަމަށް ރިޕޯޓުތަކުގައި…

Loading fresh headlines…