ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު، ރައީސްއަށް އަދި ކަމާބެހޭ ވަޒީރުންނަށް ގޮވާލައްވައިފި
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުދިނުމަށާއި، މަގާމުގެ ހުވަޔާއި ގާނޫނުއަސާސީގެ 130 ވަނަ މާއްދާއަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ގޮވާލައްވައިފި އެވެ.އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒަރިޔަންދު ވިދާޅުވީ، ރަސްމާލޭގެ ސަރަހައްދުތައް ކުއްޔަށް ދޫކުރާއިރު، އ…