މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އައްޘާނީއާއި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން މަޝްވަރާ ކުރައްވައިފިއެވެ.
ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ ގޭސް އެކްސްޕޯޓިންގ ކަންޓްރީޒް ފޯރަމް (ޖީއީސީއެފް)ގެ 8ވަނަ ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ ޙާލަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ. އެ ގޮތުން މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުންނާއި ހަކަތައިގެ ސަޕްލައިއާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އީރާނާއި ޤަޠަރާ ދެމެދު އޮތް ގުޅުމުގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ސިޔާސީ ދާއިރާއިންނާއި އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ. އެގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް އޮތް ފުރުޞަތުތަކުގެ ބޭނުން ހިފުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައިވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ރަޝިއާގެ ރައީސް ވްލަޑްމީރް ޕުޓިންއާ ވެސް ޕީޒިޝްކިޔާން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ރަޝިއާގެ ޚާރިޖީ ވަޒީރު ސާގެއި ލަފްރޮވް އީރާނަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން އިތުރަށް ވާހަކަ ދައްކަވާނެ ކަމަށެވެ.
ހަނގުރާމައާ ގުޅޭގޮތުން ޤަޠަރުގެ އަމީރާއި އީރާނުގެ ރައީސްގެ މަޝްވަރާ މޮސްކޯގައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed