އައު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އަޙްމަދު ޝަފްނީޒް މިއަދު އައްޔަންކޮށްފިއެވެ.

މީރާ އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ، ޝަފްނީޒް މިއަދު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކޮށްފައިވާތީ އޭނާ އަށް މަރުހަބާ ކިޔައިފައެވެ.

ޝަފްނީޒް ވަނީ މީގެ ކުރިން މީރާގެ އެޑްމިން އަދި ފައިނޭންސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރައްވައިފައެވެ.

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ފާޠިމަތު އަމީޒާ ޓެކްސް ކޮމިޝަނަރުކަމަށް މިދިޔަ ޖުލައި މަހު އައްޔަންކުރުމާ ގުޅިގެންނެވެ. އެހެންވެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަފްނީޒް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު ކުރީކޮޅު މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ:

  1. އަޙްމަދު މައުސޫމް، ވ. މިޔަރެސް

  2. މަރިޔަމް ޖައިދާ، ކަނދުގަސްދޮށުގެ / ކ. ދިއްފުށި

އެ ނަންތަކުގެ ތެރެއިން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވީ މައުސޫމާއި ޝަފްނީޒްގެއެވެ. މި ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ތަޅުމުން ފާސްކުރީ ޝަފްނީޒްގެ ނަމެވެ.