ގައުމީ ވޮލީ ލީގުގެ އަންހެން ޗެމްޕިއަންކަން ވެމްކޯއަށް، ފިރިހެން ގައުމީ މުބާރާތުގެ ތަށި ޕޮލިހަށް!
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ. ގައުމީ ލީގުގެ އަންހެން ޑިވިޝަނުގެ ފަހު މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅެ ވެމްކޯއިން ތަށި ނެގީ 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓް 25-22 އިން ޕޮލިސް ކްލަބުން ގެންގޮސްފައިވަނިކޮށް، ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ދެން ވިދިވިދިގެން ތިން ސެޓް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-19، 25-22 އަދި 25-19 އިންނެވެ. އަންހެން ޑިވިޝަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރ…