އާދައިގެ ޓީމެއްކަމަށްވާ ފްލީޓްވުޑް ޓައުން އެފްސީ އަތުން ބަލިވެ, ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލް ކަރަބާއޯ ކަޕުން ކަޓުވާލި ފްލީޓް ޓައުން އެފްސީ އަކީ ލީގު ދޭއްގައި ވާދަކުރާ ޓީމެކެވެ. އެއީ އިނގިރޭސި ފުޓްބޯޅަ ލީގު ސިސްޓަމްގައި ލެވެލް ހަތަރެކެވެ. އެލީގުގައިވެސް އެޓީމް އޮތީ 18 ވަނައިގައެވެ.

އާސެނަލް ކަރަބާއޯ ކަޕުން ކެޓީ ފްލީޓްވުޑް ޓައުންގެ ދަނޑު ކަމަށްވާ ހައިބަރީ ސްޓޭޑިއަމްގައި ޕެނަލްޓީ ގައި ބަލިވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ފްލީޓްވުޑް ޓައުން އެފްސީ ކުރި ހޯދީ 5-3 ނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ފްލީޓްވުޑް ޓައުން އިންނެވެ. އެޓީމަށް ލީޑް ނަގައިދިނީ އާރޮން ލޯޕާލޯ-ބައި އެވެ. ރޭންކިންގައި އާސެނަލް އަށްވުރެ 84 ދަރަޖަ ފަހަތުގައި އޮތް ޓީމުން އާސެނަލް ސިއްސުވާލީ 21 ވަނަ މިނިޓްގައެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ ވިކްޓަ ޔޯކެރޭޝްގެ ލަނޑުންނެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް އާސެނަލްގެ މެކްސް ޑައުންމޭން އަށް ސީދާ ރަތްކާޑެއް ދެއްކިއެވެ. އެއީ ހެރިސަން ނީލްއަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

ފްލީޓްވުޑް ޓައުން އަތުން ބަލިވެ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
ފްލީޓްވުޑް ޓައުން އަތުން ބަލިވެ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އާސެނަލް ކުޅުންތެރިން މާޔޫސްވެތިބެ އިދިކޮޅު ޓީމަށް މަރުހަބާ ކިޔަނީ: ފޮޓޯ-ރޮއިޓާސް

ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ފްލީޓްވުޑް ޓައުންގެ ކީޕަރު ޖޭ ލީންޗް ވަނީ ބުރޫނޯ ގުއިމަރޭޒްގެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މެޗުގެ ތެރެއިން އޮޑެގާޑާއި ބެން ވައިޓް ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއްވެސް މަތަކުރިއެވެ.

މެޗުގެ ފަހު ކަށިގަނޑާއެކު ފްލީޓްވިޑްގެ ސަޕޯޓަރުން ދަނޑަށް އަރާ އުފާފާޅުކުރި އިރު ކޯޗާއި ކޯޗުގެ ލޮލުލް ކަރުނަ އޮހޮރުނެވެ. މިމޮޅާއެކު ފްލީޑްވުޑް ޓައުން ވަނީ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އާސެނަލް ބަލިކުރީ އެންމެ 5327 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެއްގައެވެ. މެޗު ބަލަން ވަނީ 5002 ސެޕޯޓަރުންނެވެ.