މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސްގެ ޕެކޭޖަށް 17،000 ރުފިޔާ ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ތަޅުމުން ފާސްކޮށްފި އެވެ.މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރު ކުރުމަށް ނިންމާފަ އެވެ. އެ އެލަވަންސް އިތުރު ކުރުމުން މަޖިލީހުގެ ރައީސްގެ ޖުމްލަ 95،125 ރުފިޔާ ލިބޭނެ އެވެ.މީގެ އިތުރުން ކައުންސިލަރުންނަށް ސަރވިސް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ވެސް ވ…